ސްޕޯޓްސް އެވޯޑަކީ އެންމެ ކުޑަ ހަރަދަކުން ބޭއްވި އެންމެ ބޮޑު އިވެންޓު: މަހުލޫފް

މޯލްޑިވްސް ސްޕޯޓްސް އެވޯޑަށް ކޮށްފައިވާ ހަތަރުތައް ދުފާއުކޮށް ޔޫތް މިނިސްޓްރަކު އަހުމަދު މަހުލޫފު ވާހަކަ ދައްކަވައިފި އެވެ. މިނިސްޓަރު އެކަމާއި ގުޅޭގޮތުން ވާހަކަ ދައްވާފައި މިވަނީ ބޮޑު ހަރަދުކޮށްގެން ...

19 Mar 2022 | 12:34

މޯލްޑިވްސް ސްޕޯޓްސް އެވޯޑަށް ކޮށްފައިވާ ހަތަރުތައް ދުފާއުކޮށް ޔޫތް މިނިސްޓްރަކު އަހުމަދު މަހުލޫފު ވާހަކަ ދައްކަވައިފި އެވެ.

މިނިސްޓަރު އެކަމާއި ގުޅޭގޮތުން ވާހަކަ ދައްވާފައި މިވަނީ ބޮޑު ހަރަދުކޮށްގެން ބޭއްވި އެވޯޑު ހަފްލާގައި އިނާމު ލިބުނު ކުޅިވަރު އެތްލީޓުންނަށް ފައިސާގެ އިނާމު ނުދޭ ކަމަށް ބުނަން ފެށުމުންނެވެ. ސޯޝަލް މީޑިއާގައި ހާމަވެފައިވާ ގޮތުގައި މި އެވޯޑު ހަފްލާއަށް ޔޫތް މިނިސްޓްރީން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

މި ވާހަކަތަކާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި މިނިސްޓަރު ވިދާޅުވީ ސްޕޯޓްސް އެވޯޑަކީ މިހާތަނަށް ރާއްޖޭގައި އެންމެ ކުޑަ ހަރަދަކުން ބޭއްވި އެންމެ ބޮޑު ހަފްލާކަމަށެވެ. މިނިސްޓަރު ވިދާޅުވީ ކުޅިވަރުގައިވެސް މިހާތަނަށް މިފަދަ ހަފްލާއެއް ބޭއްވިފައި ނުވާ ކަމަށެވެ.

މީގެ އިތުރުން ސްޕޯޓްސް އެވޯޑަކީ ރާއްޖެ އިޝްތިހާރުވެގެން ދިއުމުގެވެސް މިހާތަނަށް ބޭއްވުނު އެންމެ ބޮޑު އިވެންޓު ކަމަށް ވިދާޅުވި އެވެ.

https://twitter.com/AhmedMahloof/status/1505109530488631296

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް