ގއ. ކޮނޑޭގައި އަލަށް އިމާރާތް ކުރާ 300 ޖާގައިގެ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި ކަމަށް ޚާއްސަކޮށް ކޮނޑޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިސްކިތުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ އެވެ.
ކޮނޑޭގައި އިމާރަތް ކުރާ 300 މީހުންގެ ޖާގައިގެ މިސްކިތަކީ ޒަމާނާ އެއްގޮތަށް ޑިޒައިންކޮށް އެތެރޭގައި އެއްވެސް ތަނބެއް ނުހުންނަ ގޮތަށް ބިނާކުރާ މިސްކިތެކެވެ.
މި މިސްކިތަކީ އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢުއެކެވެ.
މިއީ ދައުލަތުގެ ބަޖެޓުން 7.6 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް