މާހެފުމަކީ ހިތްތަކަށް އުފާވެރިކަން ގެނެސްދޭކަމެއް، ބިދުއައެއް ނޫން: ޝެއިހް ޒައިދު

ރޯދަމަހާއި ދިމާކޮށް މާހެފުމަކީ ބިދުއައެއް ނޫން ކަމަށް ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ. ބަރަކާތްތެރި ރަމަޟާން މަހާއި ދިމާކޮށް މާހެފުން ނުވަތަ ތަފާތު ކާއެއްޗެއްސާއެކު ގިނަ ބަޔަކު ...

19 Mar 2022 | 09:08

ރޯދަމަހާއި ދިމާކޮށް މާހެފުމަކީ ބިދުއައެއް ނޫން ކަމަށް ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.

ބަރަކާތްތެރި ރަމަޟާން މަހާއި ދިމާކޮށް މާހެފުން ނުވަތަ ތަފާތު ކާއެއްޗެއްސާއެކު ގިނަ ބަޔަކު އެއްވެސް ގުޅުން ބަދަހި ކުރުމަކީ ރާއްޖޭގައި މިހާރު ފޯރި އާއި އެކު ކުރަމުން އަންނަ ކަމެކެވެ. މިހާރު މާހެފުންތައް އާއިލީ ބައްދަލުވުމަކުން، އަވައްޓެރިންނާއި އޮފިސް ތަކުގައިވެސް ބާއްވަ އެވެ.

މިއާއި އެކު ބައެއް ދީނީ އިލްމުވެރިން ދަނީ އެއީ ކުރުން ރަނގަޅު ކަމެއް ނޫން ކަމަށް ބުނަމުންނެވެ. އެ އިލްމުވެރިން ދަނީ މާހެފުމަކީ ބިދުއައެއް ކަމަށް ބުނަމުންނެވެ.

މިކަމަށް ރައްދު ދެއްވާ ޝެއިހް ޒައިދު ވިދާޅުވީ މާހެފުމަކީ ބިދުޢައެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ދިވެހިން ޘަޤަފީގޮތުން ކުރަމުން އަންނަ ކަމެއް ކަމަށެވެ.

އަދި ރޯދަޔާ ދިމާކޮށް ހިތްތަކަށް އުފާވެރިކަން ގެނައުމަށް ގެޔަށް ދޮންވެލި ލުމާ މާހެފުން ބޭއްވުމަކީ އިސްލާމްދީނާ ފުށުއަރާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނާ ބުނުމަކީ ޞައްޙަ ބުނުމެއް ނޫން ކަމަށް ވިދާޅުވި އެވެ.

https://twitter.com/alizaid1000/status/1504800679579496455

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް