ރައީސް ޔާމީން މިއަދު ކުރެންދޫ އާއި ނައިފަރަށް ވަޑައިގެންނަވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ޅ. ކުރެންދޫ އާއި ނައިފަރަށް ވަޑައިގެންނަވަން ހަމަޖެހިއްޖެ އެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ފުރަތަމަ ވަޑައިގެންނަވާނީ ކުރެންދޫއަށެވެ. މިދަތުރުފުޅަކީ އަންނަ ހަފްތ...

19 Mar 2022 | 08:18

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ޅ. ކުރެންދޫ އާއި ނައިފަރަށް ވަޑައިގެންނަވަން ހަމަޖެހިއްޖެ އެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ފުރަތަމަ ވަޑައިގެންނަވާނީ ކުރެންދޫއަށެވެ. މިދަތުރުފުޅަކީ އަންނަ ހަފްތާގެ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކުރެންދޫ ކައުންސިލް ރައީސްގެ ބައި އިލެކްޝަންގެ ކެމްޕެއިނަށް ކުރައްވާ ދަތުރުފުޅެކެވެ.

މި އިންތިހާބުގައި ވާދަ ކުރަނީ ޕީޕީއެމް އާއި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އެވެ. މި އިންތިހާބުގެ ކެމްޕެއިނަށް އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް އެ ރަށަށް ވަޑައިގެންފަ އެވެ.

ޔާމީން ކުރެންދޫ ދަތުރުފުޅަށް ފަހު ނައިފަރަށް ވަޑައިގެންނެވުމަށް ހަމޖެހިފައިވަނީ ހަވީރު އެވެ. މި ދަތުރުފުޅަކީ އިދިކޮޅުގެ "އިންޑިއާ އައުޓް" ކެމްޕެއިން ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މިއަދު ހަވީރު ނައިފަރުގައި އިންޑިއާ އައުޓްގެ ބޮޑު ހަރަކާތެއް ބޭެއްވުމަށް ހަމަޖެހިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް