ތާރީހީ ދަތުރުފުޅެއްގައި ސީރިއާގެ ރައީސް އަސަދު ޔޫއޭއީގައި

ތާރީހީ ދަތރުފުޅެއްގައި ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ވަޑައިގެންފި އެވެ. މި ދަތުރުފުޅަކީ މީގެ11 އަހަރު ކުރިން ސީރިއާގެ ދާހިލީ ހަނގުރާމަ ފެށި ފަހުން ރައީސް އަސަދު އަ...

19 Mar 2022 | 06:59

ތާރީހީ ދަތރުފުޅެއްގައި ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ވަޑައިގެންފި އެވެ.

މި ދަތުރުފުޅަކީ މީގެ11 އަހަރު ކުރިން ސީރިއާގެ ދާހިލީ ހަނގުރާމަ ފެށި ފަހުން ރައީސް އަސަދު އަރަބި ގައުމަކަށް ކުރަށްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި އަސަދު ޔޫއޭއީއަށް ވަޑައިގެންނެވީ އިއްޔެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އަސަދުގެ މި ދަތުރަކީ އަރަބި ގައުމުތަކާއި އެކު ހީނަރުވެފައިވާ ގުޅުން ބަދަހިވަމުން އަންނަ ކަމުގެ ނިޝާނެކެވެ. އަދި އެކަހެރިކޮށްފައިވާ ސީރިއާއަށް ބައިނަލްއަގުވާމީ މައިދާނުގައި ފުރުސަތުތައް ލިބުމުގައި މަގު ފަހިވާނެ ކަމަށް ބެލެވެ އެވެ.

އަސަދުގެ ދަތުރުފުޅުގައި ޔޫއޭއީގެ ވެރިރަށް އަބޫދާބީއާއި ވިޔަފާރީގެ ސިޓީ ދުބާއީއަށް ވަޑައިގެން ވެރިންނާއި ބައްދަލުކުރައްވާފައިވެ އެވެ.

މި ބައްދަލު ކުރެއްވުންތަކުގައި މަޝްވަރާ ކުރެވުނު ކަންކަމުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ބަދަހި ކުރުން ހިމެނެ އެވެ. އަދި ސީރިއާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ޔޫއޭއީއިން އިންސާނީ އެހީ ފޯރުކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާ ކުރި އެވެ.

އަސަދުގެ ދަތުރުފުޅާއި ގުޅިގެން އެމެރިކާއިން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އެމެރިކާ ސަރުކާރުން ބުނީ އަސަދުގެ ދަތުރުފުޅާއި މެދު ވަރަށް ބޮޑު ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ.

ސީރިއާގައި ދާހިލީ ހަނގުރާމަ ފެށި ފަހުން މުޅި ދުނިޔެއިން ވަނީ ސީރިއާ އެކަހެރި ކޮށްފަ އެވެ. އެހެންވެ ގިނަ ގައުމުތަކަށް އަސަދު ދަތުރުކޮށް ގުޅުން ބަދިހިކުރުން އުނދަގޫ ކަމަކަށްވެފައި އޮތުމުން މިދިޔަ 11 އަހަރުތެރޭގައި ވަޑައިގެންފަ ވަނީ ރަޝިއާ އާއި އީރާނަށް އެކަންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް