މެލޭޝިޔާގައި ރޯދަމަހު ރިލީޒްކުރަން ނިންމާފައިވާ ފިލްމެއްގައި ގައިގޯޅިވާ މަންޒަރާއި ނޭއްގާނީ މަންޒަރުތައް މާ ގިނަކަމަށްބުނެ އާންމުން ރުޅިގަދަވެއްޖެއެވެ.
މި ފިލްމަކީ މެލޭޝިޔާގެ އެކްޓަރު ޒުލް އަރިއްފީން އެކްޓްކޮށްފައިވާ ފިލްމެކެވެ. ޕެރެމްޕުއަން އިތޫ ނަމަކަމަށްކިޔާ މި ފިލްމުގެ ކްލިޕްތަކެއް ޒުލް އަރިއްފީން ވަނީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކަށް އަޕްލޯޑްކޮށްފައެވެ. މައްސަލަ ހޫނުވީ މި ކްލިޕްތައް އާންމުންނަށް ފެނުނު ހިސާބުންނެވެ.
މި ކްލިޕްތައް ބެލުމަށްފަހު ރުޅިގަދަވެފައިވާ އާންމުން ބުނަމުންދަނީ ފިލްމުގެ ބަތަލާ ސިއްތި ހަރީސާ އާއި ޒުލް އަރިއްފީން ގައިގޯޅިވާ މަންޒަރުތަކާއި އިނގިލީގައި ވިޕް ކްރީމް ހާކައިގެން އެ ދައްކާ މަންޒަރުތަކަކީ މުސްލިމުންނާ ހަމަ އެއްގޮތަކަށްވެސް ގުޅޭ މަންޒަރުތަކެއް ނޫންކަމަށެވެ. ހާއްސަގޮތެއްގައި ރޯދަމަހު މިފަދަ ފިލްމެއް ރިލީޒްކޮށްގެން ނުވާނެ ކަމަށެވެ.
އާންމުންގެ ފާޑުކިޔުންތަކާހެދި ޒުލް އަރިއްފީން ވަނީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ކްލިޕްތައް ޑިލީޓްކޮށްލާފައެވެ. އެހެންނަމަވެސް ފިލްމު ރިލީޒް ނުކުރާން އަދި ނިންމާފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް