ކޮންމެ އަހަރަކު ވޯލްޑް ހެޕިނަސް ރިޕޯޓުން އާންމުކުރާ ވޯލްޑް ހެޕިނަސް އިންޑެކްސް އާންމުކޮށްފިއެވެ.
ވޯލްޑް ހެޕިނަސް ރިޕޯޓް 2022 އާންމުކޮށްފައިވަނީ އިއްޔެގެ ތާރީހުގައެވެ.
މި ރިޕޯޓްގައި ބުނެފައިވާގޮތުގަި ދުނިޔޭގެ އެންމެ އުފާވެރި ގައުމަކީ ފިންލޭންޑެވެ. ދެވަނައިގާ ޑެންމާކު، ތިންވަނައިގާ އައިލޭންޑް އޮތް އިރު 146 ގައުމު ހިމެނޭ މި ލިސްޓުގެ އެންމެ ފުލުގައި އޮތީ އަފްޣާނިސްތާނެވެ.
މި އިންޑެކްސްގައި ގިނަ ކްރިޓީރިއާތަަކަކަށް ބަލާލައި ރޭންކިންތައް އެކުލަވާލާފައިވާއިރު މި ލިސްޓުގައި ރާއްޖެ ހިމެނިފައެއް ނުވެއެވެ. ނަމަވެސް ރާއްޖެ އާދި ބޫޓާން ފިޔަވާ ދެކުނު އޭސިއާގެ ހުރިހާ ގައުމެއް މި އިންޑެކްސްގައި ހިމެނެއެވެ.
މި ސަރަހައްދުގެ ގައުމުތަކުގެ ރޭންކިންއަށް ބަލާލާއިރު މި ސަރަހައްދުން އެންމެ އުފާވެރި ގައުމަކީ ބަންގްލަދޭޝް އެވެ. އެ ގައުމު އޮތީ އިންޑެކްސްގެ 94 ވަނައިގައެވެ. މި ސަރަހައްދުން އެންމެ ހިތާމަވެރި ގައުމަކަށް އޮތީ އިންޑިއާއެވެ. އިންޑިއާގެ ރޭންކަކީ 136 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް