ކުރެންދޫ ބޭރުގައި 1000 ފްލޯޓިން ހައުސް އެޅިދާނެކަމުގެ އުފާވެރި ހަބަރު ދެއްވައިފި

ޅ. ކުރެންދޫ ބޭރުން ކަނޑުގައި 1000 ފްލޯޓިން ހައުސް އެޅިދާނެކަމުގެ އުފާވެރި ހަބަރު އެ ރަށުގެ ރައްޔިތުންނަށް ރައީސް ނަޝީދު ދެއްވައިފިއެވެ. ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި...

19 Mar 2022 | 05:17

ޅ. ކުރެންދޫ ބޭރުން ކަނޑުގައި 1000 ފްލޯޓިން ހައުސް އެޅިދާނެކަމުގެ އުފާވެރި ހަބަރު އެ ރަށުގެ ރައްޔިތުންނަށް ރައީސް ނަޝީދު ދެއްވައިފިއެވެ.

ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މި އުފާވެރި ހަބަރު އެ ރަށުގެ ރައްޔިތުންނަށް ދެއްވީ  ކުރެންދޫ ކައުންސިލް ރައީސްގެ ބައި އިލެކްޝަނުގައި އެ ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓުގެ ކެމްޕޭނުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ މާލެ ސަރަހައްދުގައި ފްލޯޓިން ސިޓީ ގާއިމްކުރާ ނެދަލެންޑުގެ ކުުންފުނި ކުރެން، ކުރެންދޫގެ ބޭރުގައި އެފަދަ އިންތިޒާމެއް ހަމަޖެއްސިދާނެތޯ އެއްސެވި ކަމަށާއި އެ ކުންފުނިން މިހާރު ކުރެހުމެއް ފޮނުވާފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ.

މި އުފާވެރި ހަބަރު އެ ރަށުގެ ރައްޔިތުންނަށް ދެއްވުމަށްފަހު ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ދައްކަވަނީ އެ މަސައްކަތް މާދަމާ ފަށާ ވާހަކަ ނޫން ކަމަށާއި އަދި ސަރުކާރުން އެފަދަ މަޝްރޫއެއް ފަށަން ނިންމާފައި އޮތް ވާހަކަވެސް ނޫން ކަމަށެވެ.

ނަމަވެސް އެއްވެސް ރައްޔިތަކު ހާސްނުވުމަށް އެދިވަޑައިގަންނަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑިޕީ ނިކުމެ އޮތީ ރައްޔިތުންނަށް ދިމާވާ މައްސަލަތަކަށް ހައްު ހޯދައިދިނުމަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް