އެންމެ ފުރަތަމަ ކޯވިޑް-19 ފެނުނު ޗައިނާގައި އަހަކަށް ފަހު ބަލީގައި މީހަކު މަރުވެއްޖެ އެވެ.
ޗައިނާއިން ކޯވިޑް ފެނިފައިވަނީ2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެ ގައުމުން ވަނީ ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ ތެރޭގައި ކޯވިޑް ކޮންޓްރޯލްކޮށް ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެގައުމުގައި މިހާޜު ކޯވިޑް ފެތުރެމުން ދަނީ 2020 ވަނަ އަހަރުގެ ކުރީކޮޅު ބަލި ފެތުރުނުހާ ހަލުވި މިނުގައި އެވެ. އަދި ބަލީގައި މީހުން މަރުވާ އަދަދު އިތުރުވާން ފަށާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
އެގޮތުން އިއްޔެ ކޯވިޑްގައި ޗައިނާއިން ދެ މީހުން މަރުވެފައި އެވެ. މިއީ2010 ވަނަ އަހަރުގެ ފަހުން މި ބަލީގައި މީހަކު މަރުވި ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް