ކުލަގަދަ ހަފްލާއެއްގައި އެއް މާބަނޑު ތިންބެއިންނާ ކައިވެނިކޮށްފި

ކޮންގޯގެ ސައުތު ކިވޫގެ ކާލޭހީ އަށް ނިސްބަތްވާ ފިރިހެނަކު އެއްމާބަނޑު ތިން އަންހެނުންނާ ކައިވެނިކޮށްފިއެވެ. އުމުރުން 32 އަހަރުގެ އެ ލުވިޒޯ ނަމަކަށް ކިޔާ އެ ފިރިހެންމީހާއާ ހަވާލާދީ ބައިނަލްއަޤްވާމީ ނޫސް...

19 Mar 2022 | 04:15

ކޮންގޯގެ ސައުތު ކިވޫގެ ކާލޭހީ އަށް ނިސްބަތްވާ ފިރިހެނަކު އެއްމާބަނޑު ތިން އަންހެނުންނާ ކައިވެނިކޮށްފިއެވެ.

އުމުރުން 32 އަހަރުގެ އެ ލުވިޒޯ ނަމަކަށް ކިޔާ އެ ފިރިހެންމީހާއާ ހަވާލާދީ ބައިނަލްއަޤްވާމީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން އެއްމާބަނޑު ތިން އަންހެނުންގެ ތެރެއިން ނަޓާލީ ދެކެ އޭނާ ލޯބިވީ ފޭސްބުކުން ދިމާވެ ޗެޓް ކުރުމަށް ފަހުއެވެ.

އެއަށްފަހު އެ ދެމީހުން ނިންމީ ނަޓާލީގެ ގޭގައި ބައްދަލުކުރުމަށެވެ.

އެގޮތުން ނަޓާލީ ވަނީ އޭނާއާއި އެއްމާބަނޑު ދެބެން ކަމުގައިވާ ނަޑޭޖް އާއި ނަތާޝާ، ލުވިޒޯ އަށް ތައާރަފްކޮށްދީފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެ ދެމީހުންނަށްވެސް  ލުވިޒޯ ދެކެ ވަރަށް އަވަހަށް ލޯބި ވެވުނެވެ.

މީގެ އިތުރުން އެތިން އަންހެނުން ވަނީ ލުވިޒޯ އަށް ޕްރޮޕޯޒްކޮށް އެ ތިން މީހުނާވެސް ކައިވެނި ކުރުމަށް އެދިފައެވެ.

ބައިނަލްއަޤްވާމީ ނޫސްތަކުގައި ރިޕޯޓު ކޮށްފައިވާގޮތުން ލުވިޒޯ ބުނީ އެއްވައްތަރު ތިން އަންހެނުންނާއި ބައްދަލުވުމުން ހައިރާންވެފައިވާ ކަމަށެވެ. އަދި ނަޓާލީއާ ކައިވެނިކޮށް ދެންތިބި ދެ ކުދިން ބާކީ ކޮށް ނުލުމުގެ ގޮތުން އެތިން މީހުނާއި ކައިވެނި ކުރަން ޤަބޫލުވެ ކައިވެނިކޮށްފައިވާ ކަމަށެވެ.

އެއްމާބަނޑު ތިން މީހުނާ ހަވާލާދީ މީޑިއާ ރިޕޯޓްތަކުގައި ބުނީ އެންމެ ފުރަތަމަ، އެ ތިންމީހުނާ ކައިވެނި ކުރަން ޖެހޭކަން ލުވިޒޯ އަށް އެނގުމުން އޭނާ ހުރީ ހައިރާންވެފައި ކަމަށެވެ.

އެކަމަކު އޭނާ ދެކެ އަހަރެމެން ވެސް ލޯބިވާތީ ޕްލޭނާއިި އެއްގޮތަށް ކައިވެނި ކުރީ ކަމުގައެވެ.

މީގެ އިތުރުން ތިން އަންހެނަކު އެއް ފިރިއެއް ހިއްސާކުރުމަކީ ނާދިރު ކަމެއް މީހުން ދެކޭ ނަމަވެސް، ހުރިހާ ކަމެއް ހިއްސާކުރުމަކީ އެންމެ ތުއްތު އިރުން ފެށިގެން އެ ތިން މީހުންގެ ދިރިއުޅުމުގެ ބައެއް ކަމުގައި އެ މީހުން ބުނެފައި ވެއެވެ. އެހެން ކަމުން ފިރިމީހާ ހިއްސާކުރުމަކީ އެ މީހުންނަށް އުނދަގޫ ޗޮއިސްއެއް ނޫން ކަމަށެވެ.

ނަމަވެސް ލުވިޒޯގެ މައިންބަފައިން ވަނީ އޭނާގެ މި ނިންމުމާ މެދު ނުރުހުންފާޅުކޮށްފައެވެ. އަދި ކައިވެނި ހަފްލާގައި ވެސް ލުވިޒޯގެ މައިން ބަފައިން ބައިވެރިވެފައެއް ނުވެއެވެ.

ލުވިޒޯ ބުނީ އެހެން މީހުން ކޮންމެ ގޮތަކަށް ދެކުނަސް ޓްރިޕްލެޓާއި ކައިވެނި ކުރުމަކީ އޭނާ އުފާކުރާ ކަމެއް ކަމުގައެވެ.

މީގެ އިތުރުން ކައިވެނީގެ ހަފްލާގައި މައިން ބަފައިން ބައިވެރިވެފައި ނުވަނީ އޭނާގެ ނިންމުމަށް އިހްތިރާމް ނުކުރާތީ ކަމަށެވެ. އަދި ލޯތްބަކީ އެއްވެސް ހިފެހެއްޓުމެއް ލިމިޓެއް އޮންނަ އެއްޗެއް ނޫން ކަމަށް ލުވިޒޯ ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް