ރައީސް ނަޝީދު އަނެއްކާވެސް ލަންކާއަށް ވަޑައިގެންފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް އަވައްޓެރި ސްރީލަންކާއަށް ވަޑައިގެންފި އެވެ. ރައީސް ނަޝީދު މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުވެސް ވަނީ ލަންކާއަށް ވަޑައިގެންފައި އެވެ. އެފަހަރު އެނބުރި ...

19 Mar 2017 | 06:56

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް އަވައްޓެރި ސްރީލަންކާއަށް ވަޑައިގެންފި އެވެ.

ރައީސް ނަޝީދު މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުވެސް ވަނީ ލަންކާއަށް ވަޑައިގެންފައި އެވެ. އެފަހަރު އެނބުރި އިނގިރޭސިވިލާތަށް  ވަޑައިގެންނެވީ ދެ ހަފްތާ ލަންކާގައި ހުންނެވުމަށް ފަހު އެވެ.

ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންނެވިކަން ހާމަ ކުރެއްވުމުގެ ގޮތުން އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން ހާމިދު އަބްދުލް ގަފޫރު ވަނީ ޓުވީޓެއް ކުރައްވާފައި އެވެ. އެކަމަކު ވަޑައިގެންނެވި ސަބަބު ހާމަ ކުރައްވާފައެއް ނުވެ އެވެ.

އެނބުރި އިނގރޭސިވިލާތަށް ވަޑައިގެންނަވާ ދުވަހައެއް އަދި ނޭނގެ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ނަޝީދު ލަންކާއަށް ވަޑައިގެންނެވީ އެމްޑީޕީގެ އިސްވެރިންނާއި ބައްދަލުކޮށް ސިޔާސީ މަޝްވަރާތަކެއް ކުރުމަށެވެ. އަދި ބޭރުގެ ޑިޕްލޮމެޓުންނާއި ސަފީރުންނާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެ އެވެ.

އެންމެ ފަހުން ކުރެއްވި ދަތުރުފުޅުގައިވެސް ނަޝީދު ވަނީ ބޭރުގެ ބައެއް ޑިޕްލޮމެޓުންނާއި ބައްދަލު ކުރައްވާފައި އެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ޖަލްސާއެއްވެސް ބާއްވާފައި ވެއެވެ. މީގެ އިތުރުން އެމްޑީޕީގެ ސަޕޯޓަރުންނާއި ބައްދަލު ކުރައްވާފައިވާއިރު އެ ޕާޓީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓު ލައްވާފައިވެ އެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގަ 13 އަހަރަށް ޖަލަށް ހުކުމް ކޮށްފައިވާ ރައީސް ނަޝީދު ބޭސް ފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެން އެ ގައުމުގެ ހިމާޔަތް ހޯއްދެވި ފަހުން މިހާރު ދެ އަހަރު ވެއްޖެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް