މަރަދޫ އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ މަރުވެއްޖެ

އައްޑޫ ސިޓީ މަރަދޫގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ މަރުވެއްޖެ އެވެ. މި ހާދިސާގައި މަރުވެފައިވަނީ ހިތަދޫ،ސޮޑާގެ، މުހައްމަދު އަޒީމް 22، އެވެ. އޭނާ މަރުވެ...

19 Mar 2017 | 02:33

އައްޑޫ ސިޓީ މަރަދޫގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ މަރުވެއްޖެ އެވެ.

މި ހާދިސާގައި މަރުވެފައިވަނީ ހިތަދޫ،ސޮޑާގެ، މުހައްމަދު އަޒީމް 22، އެވެ. އޭނާ މަރުވެފައިވަނީ އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗުގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން ދަނިކޮށް ރޭ ފަތިހު އެވެ.

ފުލުހުން ބުނީ އެކްސިޑެންޓު ހިނގާފައިވަނީ މަރަދޫ ބެންޑު ކައިރިން ބާރު ސްޕީޑުގައި ސައިކަލް ދުއްވުމުން ކޮންޓްރޯލް ނުވެ ގޮސް ހޮޅިދަޑިއެއްގައި ޖެހިގެންނެވެ. އެކްސިޑެންޓުވި އިރު ސައިކަލުގައި އިނީ އަޒީމް އެކަންޏެވެ.

މި އެކްސިޑެންޓު އިއްޔެ މެންދުރު ވީއިރު، ރޭ ވެސް ވަނީ އައްޑޫ ލިންކް ރޯޑުގައި އެކްސިޑެންޓެއް ހިނގާފައި އެވެ. އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އަންހެނަކާއި ފިރިހެނަކަށެވެ.

ސައިކަލް ކަހާލުމުގެ ސަބަބުން ހިނގި މި އެކަސިޑެންޓުގައި އެ ދެ މީހުންނަށް މާބޮޑު އަނިޔާއެއް ނުލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް