އެ ފިސްތޯލަ ހޯދަން ދިޔަ މީހުންނަކީ އެ ފިސްތޯލައިގެ ވެރިން: ސަންދާނު އަހަންމައިދީ

ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމްގެ ގެއިން ފެނުނު ކަމަށް ބުނާ އެ ފިސްތޯލަ ހޯދަން ދިޔަ މީހުންނަކީ އެ ފިސްތޯލައިގެ ވެރިން ކަމަށް އަހުމަދު އިބްރާހިމް ދީދީ( ސަންދާނު އަހަންމައިދީ) ވިދާޅުވެއްޖެ އެވެ. އަހަނ...

19 Mar 2015 | 17:37

ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމްގެ ގެއިން ފެނުނު ކަމަށް ބުނާ އެ ފިސްތޯލަ ހޯދަން ދިޔަ މީހުންނަކީ އެ ފިސްތޯލައިގެ ވެރިން ކަމަށް އަހުމަދު އިބްރާހިމް ދީދީ( ސަންދާނު އަހަންމައިދީ) ވިދާޅުވެއްޖެ އެވެ.

އަހަންމައިދީ މިހެން ވިދާޅުވީ އަދާލަތު ޕާޓީ އަދި އެމްޑީޕީ ގުޅިގެން މިރޭ "އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިން" މިނަމުގައި ކާނިވާ ސަރަހައްދުގައި ކުރިއަށްގެންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަހަންމައިދީ ވިދާޅުވީ އެ ފިސްތޯލަ ނާޒިމްގެ ގެއިން ފެންނާނެ އެއް ގޮތަކީ އެ ހޯދަން ދިޔަ މީހުން އެ ހިފައިގެން ދިއުން އަދި އަނެއްގޮތަކީ އެގެއަށް ކުރިން އެ ފިސްތޯލަ ލުން ކަމަށް ވިދާޅުވި އެވެ. ނާޒިމްގެ ކުރީގެ ވަކީލު އާޒިމާ ފެއަށް ޖެހިވަޑައިގަތީ އެ ޕެންޑްރައިވުން އެކަމަނާގެ ނަންފެނުމުން ބިރުން ކަމަށް ވިދާޅުވި އެވެ.

" މީ ކޮންކަހަލަ ޕެންޑްރައިވެއް، މެލޭސިޔާ ހައި ކޮމިޝަންގެ ވާހަކަވެސް އެބަ ބުނޭ، އެ ޕެންޑްރައިވް އަޅުގަނޑުގެ ވާހަކަ ބުނެފާނެތީ ސިހި ސިހި ، އަދީބު ދެކެ ބިރުން ސިހި ސިހި " އަހަންމައިދީ ވިދާޅުވި އެވެ.

އަހަންމައިދީ އިތުރަށް ވިދާޅުވީ  ބިރުވެރި ޕެންޑްރައިވްގެ މައްސަލައަކީ ކުޑަ މައްސަލައެއް ނޫން ކަމަށާއި ވަހީދުވެސް އިތުބާރު ކުރެއްވި އެންމެ ގާތް ބޭފުޅަކީ ނާޒިމް ކަމަށްވާއިރު އަދި ޔާމީންގެ ވެސް ފެވަރިޓަކީ ނާޒިމް ކަމަށްވާއިރު މި ޕެންޑްރައިވްގެ މައްސަލައަކީ ކުޑަ މައްސަލައެއް ނޫން ކަމަށެވެ. އަދި އަނިޔާވެރިކަމާ ދެކޮޅަށް އަބަދުވެސް ތެދުވާނެ ކަމަށް އަހަންމައިދީ ތަކުރާރުކޮށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް