ސިޔާސީ ހަރަކާތްތަކުން އެކި ފަރާތްތަކަށް ގެއްލުންވާތީ އެކަން ހައްލުކުރަން އީސީން ތެދުވެއްޖެ

ސިޔާސީ ބައެއް ޕާޓީތަކުން މިހާރު މާލޭގައި ހިންގާ ސިޔާސީ ހަރަކާތްތަކުގެ ސަބަބުން އެކި ފަރާތްތަކަށް އުނދަގުލާއި ކުރިމަތިވެ ބައެއް ފަރާތްތަކުން އެކި އެކި ގެއްލުންތަކާ ކުރިމަތިވާކަމުގެ ޝަކުވާ ލިބެމުންދާތީ ...

19 Mar 2015 | 14:13

ސިޔާސީ ބައެއް ޕާޓީތަކުން މިހާރު މާލޭގައި ހިންގާ ސިޔާސީ ހަރަކާތްތަކުގެ ސަބަބުން އެކި ފަރާތްތަކަށް އުނދަގުލާއި ކުރިމަތިވެ ބައެއް ފަރާތްތަކުން އެކި އެކި ގެއްލުންތަކާ ކުރިމަތިވާކަމުގެ ޝަކުވާ ލިބެމުންދާތީ އެކަން ހައްލުކުރުމަށް އިސްނަގައިގެން މަސައްކަތްތަކެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ފަށައިފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިކަމަށް ހައްލެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިސްނަގައިގެން ފުލުހުންނާއި، ހިއުމަން ރައިޓްސް އޮފް ދަ މޯލްޑިވްސް އާއި، މޯލްޑިވްސް މީޑިއާ ކައުންސިލާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާކަމަށެވެ.

މި ބައްދަލުވުމުގައި މިހާރު މާލޭގައި ހިންގާ ސިޔާސީ ހަރަކާތްތަކުގެ ސަބަބުން ސްކޫލުތަކާއި ހޮސްޕިޓަލްތަކަށް އުނދަގޫވަމުންދާތީ އާއި ކުދިން ސްކޫލަށް ނުފޮނުވުމަށް ގޮވައިލުންފަދަ ކަންކަމުން އާންމު ފަރުދުންނާއި، ހިދުމަތްދޭ ތަންތަނށް އަދި ހާއްސަކޮށް ކުދިންގެ ތައުލޫމަށް ނޭދެވޭ އަސަރުކުރާތީ ބައްދަލުވުމުގެ ބައިވެރިން ކަންބޮޑުވުން ފާޅުކުރި ކަމަށް އިލެކްޝަންގެ ބަޔާނުގައި ވެ އެވެ.

އަދި މިކަމުގައި އެ ކޮމިޝަނަށް އަދާކުރެވިދާނެ ދައުރާއި އަދި ގާނޫނީގޮތުން ފާހަގަކުރެވޭ ނުކުތާތަކާމެދު ބައިވެރިން ތަފްސީލްކޮށް ވާހަކަފުޅު ދެއްކެވި ކަމަށާއި އަދި ދިވެހި މުޖްތަމައު އާއި އާންމު ފަރުދުންގެ ހައްގުގައި މިކަން ހައްލުކުރެވޭތޯ އެ ކޮމިޝަނުން އިސްނަގައިގެން ފެށި މަސައްކަތަށް ހުރިހާ މުއައްސަސާތަކުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް މަޝްވަރާގެ ބައިވެރިން ވިދާޅުވިކަމަށްވެސް ކޮމިޝަންގެ ބަޔާނުގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް