‏ގާނޫނުލް އުގޫބާތަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި

ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް އިސްލާހު ހުށަހެޅުމުގެ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ. ރައީސް އޮފީހުން ބުނެފައިވަނީ އެ އިސްލާޙު މަޖިލީހަށް ހުށަހެޅީ އެ ގާނޫނުގެ 10 ވަނަ މާއ...

19 Mar 2015 | 11:39

ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް އިސްލާހު ހުށަހެޅުމުގެ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ރައީސް އޮފީހުން ބުނެފައިވަނީ އެ އިސްލާޙު މަޖިލީހަށް ހުށަހެޅީ އެ ގާނޫނުގެ 10 ވަނަ މާއްދާގެ ނ ގެ ދަށުން  އެ ގާނޫނަށް އަމަލު ކުރަން ފަށާ ތާރީހުގެ ކުރިން އެ ގާނޫނަށް އަމަލުކުރަން ފަށަށް ވާމުންދާ ތައްޔާރީތަކުގައި ކުރެވުނު ދިރާސާއިން ކަންތައްތަކެއް ފާހަގަ ކުރެވުމުން ކަމަށެވެ. އެކަންކަމުގެ ތެރޭގައި ގާނޫނީ ހުސްކަންތައްތަކާއި މަނާކުރުމުގައި އެުފެދޭ ހިލާފުތަކާއި، މާއްދާތަކުގެ ތަރުތީބުގެ ކުށްތަކާއި އަމަލުކުރުމުގައި ކުރިމަތިވެދާނެ ބޮޑެތި ބޭއިންސާފުތަކާއި އޮޅުންއަރާ އިބާރާތްތަކުގެ އިތުރުން ޖުމްލަތައް އަލުން މުރާޖާކޮށް އިސްލާހު ކުރުން ހިމެނޭކަމަށް ސަރުކާރުން އިސްލާހު ހުށަހެޅުމުގެ ބޭނުމުގެ ތެރޭގައި ހިމެނޭ ކަމަށް ބުނެފަ ވެއެވެ.

މިދިޔަ އަހަރުގެ މަޖިލީހުން ފާސްކޮށް ރައީސް ތަސްދީގު ކުރައްވާފައިވާ އެ ގާނޫނުގައި ވާގޮތުން އެ ބިލަށް އަމަލު ކުރަން ފަށާނީ ބިލް ތަސްދީގު ކުރާތާ 12 މަސް ފަހުންނެވެ. ބިލް ތަސްދީގު ކުރި ތާ 12 މަސް އަންނަ މަހަށް ހަމަވާނެ އެވެ.

ސަރުކާރުން އެ ގާނޫނަށް އިސްލާހު ހުށަހަޅާފައިވާއިރު އެ ގާނޫނަށް އަމަލު ކުރަން ފަށަން ވާންޖެހޭ ތައްޔާރީތަށް ވުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން މިހާތަނަށް އެ ގާނޫނަށް އަހުލުވެރިކުރުވުމުގެ ގޮތުން ސަރުކާރުގެ ކަމާ ބެހޭ ފަރާތްޔަކާއި މިނިވަން މުއައްސަސާތަކުގެ އިތުރުން، ހުކުމްތަންފީޒު ކުރުމުގައި މަސައްކަތް ކުރާ ފަރާތްތަކަށް ވަނީ ގަނޫނުލް އުގޫބާތުގެ ބިލަށް އަހުލވެރިކުރވުމުގެ ގޮތުން ތަމްރީންތައް ހިންގާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް