ހއ. ހޯރަފުށީގައި ނަރުދަމާގެ މަސައްކަތްކުރަން މޫދަށް އެރިއުޅުނު ބިދޭސީއަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ހޯރަފުށީ މޫދަށް އެރިއުޅުނު މީހަކު މަރުވެގެން މިއަދު 11:15 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެހާދިސާގައި މަރުވެފައިވަނީ ބަންގްލަދޭޝް ރައްޔިތެކެވެ.
ހޯރަފުށީ ކައުންސިލުން ބުނި ބަންގްލަދޭޝް މީހާ މަރުވެފައިވަނީ އެރަށުގައި އަޅަމުންދާ ނަރުދަމާގެ މަސައްކަތުގެ ތެރެއިން ކަނޑަށް ހޮޅި އެޅުމުގެ މަސައްކަތުގައި މޫދަށް އެރިއުޅެނިކޮށް ކަމަށެވެ.
އޭނާ އެރަށު ސިއްހީ މަރުކަޒަށް ގެނައި އިރުވެސް މަރުވެފައިވާކަމަށް އޭނާ ބެއްލެވި ޑޮކްޓަރުންނާއި ހަވާލާދީ ކައުންސިލުން ބުނެ އެވެ.
ހޯރަފުށީގައި ނަރުދަމާގެ މަސައްކަތަކީ ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް