ތައްޔާރުތަ؟ މި ނަމުގައި ޚާއްޞަ ދަރުހެއް އަލިމަސް ކާނިވާ ސަރަހައްދުގައި ބާއްވަން ތައްޔާރުވެއްޖެވެ.
މި ދަރުހަކީ މަންފާ ޖަމުޢިއްޔާއާއި އަހްމަދިއްޔާ އެލަމްނައި ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ އެއްބާރުލުމާއެކު ބާއްވަން ތައްޔާރުވަމުން އަންނަ ދަރުހެކެވެ.
މި ދަރުހަކީ ރަމަޟާން މަހަށް ނަފުސު ތައްޔާރުކުރުވުމުގެ ޝިޢާރުގެތެރެއިން ބާއްވާ ދަރުހެއް ކަމަށް ދަރުސް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.
މި ދަރުސް އޮންނާނީ 22 ފެބްރުއަރީ 2025 ވާ ހޮނިހިރު ދުވަހުގެ ރޭ 08:30 ގައި އަލިމަސް ކާނިވާ ސަރަހައްދުގައެވެ.
ދަރުސް ދެއްވާނީ އައްޝައިޚް އިބްރާހީމް ރާފިޢު އެވެ. މި ދަރުހަށް އެންމެހާ ދިވެހި ލޮބުވެތި އަޚުންނާއި އުޚްތުންނަށް މަންފާ އަދި އަހްމަދިއްޔާ އެލަމްނައި އިން ދަޢުވަތު އަރުވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް