ހަ ރަށެއްގައި އިމާރާތްކުރަން ނިންމާފައިވާ މިސްކިތްތަކުގެ ކުރެހުން ވަޒީރު ހިއްސާކުރައްވައިފި

ރާއްޖޭގެ ހަ ރަށެއްގައި އިމާރާތްކުރަން ނިންމާފައިވާ މިސްކިތްތަކެއްގެ ކުރެހުންތައް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މީޑިއާތަކާއި ހިއްސާކުރައްވައިފިއެވެ. އެ ކު...

19 Feb 2025 | 16:36

ރާއްޖޭގެ ހަ ރަށެއްގައި އިމާރާތްކުރަން ނިންމާފައިވާ މިސްކިތްތަކެއްގެ ކުރެހުންތައް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މީޑިއާތަކާއި ހިއްސާކުރައްވައިފިއެވެ.

އެ ކުރެހުންތަކާއެކު ވަޒީރު ވިދާޅުވެފައިވަނީ އެއީ މި އަހަރުގެ ތެރޭގައި އިމާރާތް ކުރެވޭ މިސްކިތްތައް ކަމަށެވެ.

"މިސްކިތްތައް ނިމޭއިރު ސޯލާއާއި އޭސީވެސް ހަރު ކުރެވި، ނެވިލޯންވެސް އަޅާނެ، މިސްކިތްތައް ޑިޒައިން ކުރެވިފައިވާނީ ކޮންމެ މިސްކިތެއްގައިވެސް ޤުރުޢާން ކިޔަވައިދެވޭ ގޮތަށް ކްލާސްރޫމާއެކު" ވަޒީރު ވިދާޅުވެފައިވެއެވެ.

ވަޒީރު ވިދާޅުވެފައިވާގޮތުގައި މި މަޝްރޫޢުތަކަކީ ސަރުކާރުގެ ޚަރަދުގައި ކުރިއަށް ގެންދެވޭ މަޝްރޫޢުތަކެކެވެ. މަޝްރޫޢޫތަކުގެ މަސައްކަތް ރޯދަމަސް ފަހުން ފެށިގެންދާނެ ކަމަށެވެ.

މި މިސްކިތްތައް ބިނާކުރަން ނިންމާފައިވާ ރަށްތަކަކީ:

  • އއ. ރަސްދޫ
  • އދ. ފެންފުށި
  • ފ. ފީއަލި
  • ގދ. މަޑަވެލި
  • ހއ. ބާރަށް
  • ތ. ވޭމަންޑޫ

ވަޒީރު ހިއްސާ ކުރެއްވި ކުރެހުންތަކާއި ގުޅޭގޮތުން ވިދާޅުވެފައިވަނީ އެ ކުރެހުންތަކަކީ މި ފަހުން ޑިޒައިންކޮށްފައިވާ ކުރެހުންތަކެއް ކަމަށާއި ކުރަހާފައިވަނީ ރިޔަން އިން ކަމަށެވެ. މިއީ ރާއްޖޭގެ ތާރީޚާއި ސަގާފަތާއި މާޙައުލާއި ގުޅޭގޮތަށް ޑިޒައިން ކުރެވިފައިވާ މިސްކިތްތަކެއް ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ 300 މީހުން، 500 މީހުން އަދި 700 މީހުންނަށް ނަމާދު ކުރެވޭނެ ތިން ސައިޒެއްގެ މިސްކިތްތައް ކަމުގައިވެސް ވަޒީރު ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް