މާލެ އޭރިއާގައި މާދަމާ މަސްދަޅު ކޭސް ބަހަން ފަށަނީ – ގަޑިތަކާއި ތަންތަނުގެ ތަފްސީލު މިއޮތީ

ރަމަޟާން މަހަށް ސަރުކާރުން ދެއްވާ މަސްދަޅު ބެހުން މާލެ އޭރިއާ ސަރަހައްދުގައި މާދަމާ ފަށާނެކަން ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ. މިކަން ހާމަކޮށް އެ ކައުންސިލުން މިއަދު ބުނެފައިވަނީ މަސްދަޅު ކޭސް 20 ފެ...

19 Feb 2025 | 10:35

ރަމަޟާން މަހަށް ސަރުކާރުން ދެއްވާ މަސްދަޅު ބެހުން މާލެ އޭރިއާ ސަރަހައްދުގައި މާދަމާ ފަށާނެކަން ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް އެ ކައުންސިލުން މިއަދު ބުނެފައިވަނީ މަސްދަޅު ކޭސް 20 ފެބުރުވަރީ 2025 ން ފެށިގެން 28 ފެބުރުވަރީ 2025 ގެ ނިޔަލަށް ބެހުމަށް ވަނީ ހަމަޖެހިފައ ކަމަށެވެ.

"މިގޮތުން ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:30 ން 18:00 އަށް އަދި ރޭގަނޑު 20:30 ން 23:00 އަށް ތިރީގައި ދެންނެވިފައިވާ ލޮކޭޝަންތަކުން މަސްދަޅު ކޭސް ދޫކުރެވޭނެ ވާހަކަ ދަންނަވަން" ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

  • މާލޭ ސިޓީ ކައުންސިލް (ތައިސޭކޮށި، އާންމު ޚިދުމަތްތަކާބެހޭ ބައި)
  • މާފަންނު މިފްކޯ (ގޯތިތެރެ)
  • ހުޅުމާލެ ފޭސް 1 (އުމަރުޒާހިރު ބިލްޑިންގ)
  • ހުޅުމާލެ ފޭސް 2 (ހިޔާ ޓަވަރ 10 ގްރައުންޑް ފްލޯ)
  • ވިލިމާލެ (ސިޓީ ކައުންސިލް އޮފީސް)

ކޮންމެ ބޭފުޅަކުވެސް މަސްދަޅު ކޭސް ބަލާ ވަޑައިގަންނަވާއިރު ގޭބިސީގެ ކަރަންޓް ބިލްގެ އެންމެ ފަހު ތިން މަހުގެ ބިލްގެ ތެރެއިން ކަރަންޓް މީޓަރު އެންގޭނެފަދަ ލިޔުމަކާއި އަދި ބަލާ ވަޑައިގަންނަވާ ބޭފުޅެއްގެ އައި.ޑީ ކާޑް ގެންނެވުން އެދޭކަމަށާއި އަދި މިދޫކުރެވޭނީ ހަމައެކަނި ދިވެހިންނަށް ކަމުގައިވެސް ސިޓީކައުންސިލުން މިއަދު ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް