މީޑިއާނެޓު ކްރިކެޓް އީދު - ވިމެންސް ޕްރިމިއަރ ލީގާއެކު ފެބްރުއަރީ 23ގައި ފަށަނީ

އަންހެން ކަނބަލުންގެ މެދުގައި ކުޅެވޭ އެންމެ ކުލަގަދަ ކްރިކެޓް މުބާރާތް "ވުމެންސް ޕްރިމިއަރ ލީގު" ގެ ދެވަނަ އެޑިޝަން 23 ފެބްރުއަރީ ވާ ހުކުރު ދުވަހު ފަށާނެއެވެ. 2023 ވަނަ އަހަރު އަލަށްފެށި މި މުބާރާތަށް...

19 Feb 2024 | 15:09

އަންހެން ކަނބަލުންގެ މެދުގައި ކުޅެވޭ އެންމެ ކުލަގަދަ ކްރިކެޓް މުބާރާތް "ވުމެންސް ޕްރިމިއަރ ލީގު" ގެ ދެވަނަ އެޑިޝަން 23 ފެބްރުއަރީ ވާ ހުކުރު ދުވަހު ފަށާނެއެވެ.

2023 ވަނަ އަހަރު އަލަށްފެށި މި މުބާރާތަށްވަނީ ދިވެހިރާއްޖެ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަރަށް ފުރިހަމަ ތަރުޚީބެއް ލިބިފައެވެ. ފާއިތުވި އަހަރެކޭ އެއްފަދައިން މިއަހަރުވެސް މުބާރާތުގެ ފޯރިގަދަ ހުރިހާ މެޗެއް މީޑިއާނެޓު މެދުވެރިކޮށް ވަގުތުން ބެލޭނެއެވެ.

މި އަހަރުގެ މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ޖުމްލަ 2 ސިޓީއެއްގައެވެ. އެއީ ބެންގަލޫރު އަދި ވެރިކަން ކުރާ ރަށް ނިއު ދިއްލީގައެވެ. މުބާރާތުގެ ފުރަތަމަ 11 މެޗު ބެންގަލޫރުގެ ޗިންނަސްވާމީ ސްޓޭޑިއަމްގައި ކުޅެވޭއިރު ގްރޫޕް ސްޓޭޖުގެ ފަހު 10 މެޗު އަދި ސެމީ ފައިނަލު ނޮކްއައުޓް މެޗާއި ފައިނަލް މެޗު ކުޅެވިގެންދާނީ ނިއު ދިއްލީގެ އަރުން ޖެއިޓްލީ ސްޓޭޑިއަމްގައެވެ. މިއަހަރުގެ މުބާރާތުގައި ކޮންމެ ދުވަހަކު ކުޅޭނީ އެންމެ މެޗެއްކަންވެސް ފާހަގަކޮށްލެވެއެވެ އަދި މެޗުތައް ފަށާނީ ކޮންމެ ދުވަހެއްގައި ރާއްޖެ ގަޑިން 19:00 ގައެވެ. ޓީވީ މެދުވެރިކޮށް މެޗުތައް ފެންނާނީ އައިސް ޕްލަސް (ޗެނަލް 888) އިންނެވެ އަދި އެމް އެސް ޑިޖިޓަލް މެދުވެރިކޮށް މެޗުތައް ފެންނާނީ އައިސް އެކްސްޓްރާ ޗެނަލުންނެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 5 ޓީމެއް ވާދަކުރާނެއެވެ. އެއީ:

  1. ދިއްލީ ކެޕިޓަލްސް
  2. ގުޖުރާތު ޖަޔަންޓްސް
  3. މުމްބާއީ އިންޑިއަންސް
  4. ރޯޔަލް ޗެލެންޖާރޒް ބެންގަލޯރ
  5. ޔޫ ޕީ ވޮރިއާރޒް

2023 ވަނަ އަހަރު ބޭއްވުނު ޓީ20 އަންހެނުންގެ ވޯރލްކަޕުގައި ވިދާލި ގިނަ ކުޅުންތެރިންތަކެއް މިއަހަރުގެ މުބާރާތުގައި ފެނިގެންދާނެއެވެ. އޭގެ ތެރޭގައި އިންޑިއާގެ ތަރި އަދި ރޯޔަލް ޗެލެންޖަރޒް ބެންގަލޯރގެ ކެޕްޓަން ސްމްރިތީ މަންދަނާ، 2023 ވަނަ އަހަރު ވޯރލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާކަން ހޯދި އޮސްޓްރޭލިއާގެ އޭޝްލީ ގާރޑްނަރ، ހުނަރުވެރި ބެޓްސްމަން ސައުތް އެފްރިކާގެ ލައުރާ ވޮލްވާރޑްޓް އަދި މޮޅު އުންތެރިޔާ އިނގިރޭސި ވިލާތުގެ ސޯފީ އެކްލެސްޓަން ފާހަގަކޮށްލެވެއެވެ.

މި މުބާރާތުގެ އިތުރުން މާރޗް މަހު ފެށުމަށް ހަމަޖެހިފައިވާ ދުނިޔޭގެ އެންމެ މަގްބޫލު ކްރިކެޓް މުބާރާތް އިންޑިއަން ޕްރިމިއަރ ލީގުގެ މެޗުތައްވެސް މީޑިއާނެޓު މެދުވެރިކޮށް ވަގުތުން ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ. އެއާއެކު މީޑިއާނެޓުންވަނީ މި ދެ މުބާރާތަށް ޚާއްސަ އެމް އެސް ޑިޖިޓަލް ސީޒަން ޕާސްތަކެއް ތަޢާރަފްކޮށްފައެވެ. އެމް އެސް ޑިޖިޓަލް އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ވަގުތަކު ކޮންމެ ތާކު ހުރެވެސް މި މެޗުތައް ވަގުތުން ބަލާލެވޭނެއެވެ. ސީޒަން ޕާސްތަކުގެ ތެރޭގައި ހިމެނެނީ:

އެމް އެސް ސްޓާޓަރ - ސީޒަން ޕާސް (ޕެކޭޖު އަގު: 99 ރުފިޔާ)
ވިމެންސް ޕްރިމިއަރ ލީގު އަދި އިންޑިއަން ޕްރިމިއަރ ލީގުގެ ހުރިހާ މެޗެއްގެ އިތުރުން އެހެނިހެން މަގްބޫލު ކޮންޓެންޓް ހިމެނޭ 80 އަށްވުރެން ގިނަ ޗެނަލް

އެމް އެސް ކޮމްބޯ - ސީޒަން ޕާސް (ޕެކޭޖު އަގު: 199 ރުފިޔާ)

ވިމެންސް ޕްރިމިއަރ ލީގު އަދި އިންޑިއަން ޕްރިމިއަރ ލީގުގެ ހުރިހާ މެޗެއްގެ އިތުރުން އެހެނިހެން މަގްބޫލު ކޮންޓެންޓް ހިމެނޭ 80 އަށްވުރެން ގިނަ ޗެނަލް އަދި ވީޑިއޯ ކްލަބް ކޮންޓެންޓް

މުބާރާތުގެ ފުރަތަމަ މެޗުގައި 23 ފެބްރުއަރީ ވާ ހުކުރު ދުވަހު ބައްދަލުކުރާނީ ފާއިތުވި އަހަރުގެ ޗެމްޕިއަނުން މުމްބާއީ އިންޑިއަންސް އަދި ރަނަރަޕް ދިއްލީ ކެޕިޓަލްސްއެވެ. ޖެހިގެން އަންނަ ދުވަހު އަމިއްލަ ދަނޑުގައި ރޯޔަލް ޗެލެންޖަރޒް ބެންގަލޯރ ވާދަކުރާނީ ޔޫ ޕީ ވޮރިއާރޒްއާއެވެ. 23 ވަނަ ދުވަހު މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުލަގަދަ ހުޅުވުމުގެ ރަސްމިއްޔާތަކާއެކުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް