ލ. މާބައިދޫގައި އައިސް ޕްލާންޓެއް ޤާއިމުކުރުމުގެ މަސައްކަތާއި އައިސް ޕްލާންޓް ހިންގުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފި އެވެ.
ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނީ މާބައިދޫގައި ޤާއިމު ކުރުމަށް ނިންމާފައި ވަނީ 25 ޓަނުގެ އައިސް ޕްލާންޓެއް ކަމަށެވެ.
އަދި އައިސް ޕްލާންޓް ހިންގުމުގެ މަސައްކަތްވެސް ވަނީ އެ ކޯޕަރޭޝަނާއި ހަވާލު ކުރެވިފައި ކަމަށް ފެނަކައި އިން ހާމަކޮށްފައި ވެއެވެ.
މާބައިދޫ އައިސް ޕްލާންޓް ހިންގުމުގެ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަނުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައީދު މުޙައްމަދެވެ. އަދި މާބައިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އިބްރާހީމް ވިސާމެވެ.
މާބައިދޫގައި އައިސް ޕްލާންޓް ތަރައްޤީ ކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފައި ވަނީ 6 މަސް ދުވަހުގެ ތެރޭގައި ކުރިއަށް ގެންގޮސް ނިންމާ ގޮތަށެވެ.
މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނޭ އިންތިޒާމު ހަމަޖައްސައި ދިނުމަށްޓަކައި މި ސަރުކާރުން ވަނީ ރާއްޖޭގެ 10 ސަރަހައްދެއްގައި އައިސް ޕްލާންޓް ޤާއިމުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް