ޖީ20 ގެ ގައުމުތަކުން އެމީހުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދޭނެ ކަމަށް 180 ގައުމަކުން ދެކޭ : ޖައިޝަންކަރު

ހޮނިހިރު ދުވަހު އޮސްޓްރޭލިއާގައި ބޭއްވި ރައިސިނާ އެޓް ސިޑްނީ އިވެންޓުގައި ތަގުރީރު ކުރައްވަމުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވިދާޅުވީ ދުނިޔޭގެ ގައުމުތަކުން އެމީހުންގެ ...

19 Feb 2023 | 16:39

ހޮނިހިރު ދުވަހު އޮސްޓްރޭލިއާގައި ބޭއްވި ރައިސިނާ އެޓް ސިޑްނީ އިވެންޓުގައި ތަގުރީރު ކުރައްވަމުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވިދާޅުވީ ދުނިޔޭގެ ގައުމުތަކުން އެމީހުންގެ ކަންބޮޑުވުންތައް ހައްލުކުރާނެ ކަމަށް އުންމީދު ކުރާތީ ޖީ20 ގެ މެމްބަރުންގެ ޒިންމާ ވަރަށް ބޮޑު ކަމަށެވެ.

ޖީ20 ގެ ރިޔާސަތާ ގުޅޭ ގޮތުން އެސް ޖައިޝަންކަރު ވިދާޅުވީ މިއީ އާދަޔާ ހިލާފު ފުރުސަތެއް ކަމަށާއި އެއީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

އޭނާ ވިދާޅުވީ މިއަދު ދުނިޔޭގެ އެހެން ގައުމުތަކުން އުންމީދު ކުރަނީ ޖީ20 އިން އެމީހުންގެ ކަންބޮޑުވުންތަކާއި، ޤައުމުތަކަށް ދިމާވެފައިވާ އެކިއެކި މައްސަލަތަކަށް ހައްލެއް ހޯދައިދޭނެ ކަމަށެވެ. އަދި އެފަދަ ޤައުމުތަކުން ދެނެކީ ޖީ20 އަކީ ދުނިޔޭގެ ގަދަ 20 އިގްތިސާދު ކަމަށާއި، އެފަރާތްތަކުގެ އުންމީދަކީ އެމީހުންގެ ހުރި މައްސަލަތަކަށް ޖީ20 ޤައުމުތަކުން ހައްލު ހޯދައިދީ އެހީވާނެކަމަށެވެ.

އޭނާ ވިދާޅުވީ އިންޑިއާއިން 123 ގައުމެއްގެ ބޮޑުވަޒީރުންނާއި ކެބިނެޓް މިނިސްޓަރުންނާ މަޝްވަރާކޮށްފައިވާ ކަމަށެވެ.

ޖީ20 ގައި ޗެއާޕާސަންގެ ދައުރާ ގުޅޭ ގޮތުން އޭނާ ވަނީ ކުރީގެ އިންޑޮނޭޝިއާ އަށް ތައުރީފު ކުރައްވައެވެ.

އިންޑިއާ އިން ޖީ20 ގެ ރިޔާސަތާ ހަވާލުވީ ޑިސެމްބަރު 1، 2022 ގައެވެ. ޖީ20 ދިއްލީ ސަމިޓް މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އޮސްޓްރޭލިއާގެ ޕީއެމް އެންތޮނީ އަލްބަނީސް ވެސް ޖީ20 ގެ އެހެން ލީޑަރުންނާ ގުޅިވަޑައިގަންނަވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް