އަފްޣާނިސްތާނުގައި ދެ އަންހެނުން ހިމެނޭ ގޮތަށް 11 މީހަކަށް ތާލިބާނުން ހައްދުޖަހައިފި

އަފްޣާނިސްތާނުގެ ބަދަކްޝާން ޕްރޮވިންސްގެ ފައިޒާބާދުގެ ކުޅިވަރު ދަނޑެއްގައި ހުކުރު ދުވަހު އާންމުކޮށް ދެ އަންހެނުން ހިމެނޭ ގޮތަށް 11 މީހެއްގެ ގައިގައި ހައްދުޖެހީ ތާލިބާނުންގެ ސުޕްރީމް ކޯޓުން އަމުރެއްގެ ...

19 Feb 2023 | 16:35

އަފްޣާނިސްތާނުގެ ބަދަކްޝާން ޕްރޮވިންސްގެ ފައިޒާބާދުގެ ކުޅިވަރު ދަނޑެއްގައި ހުކުރު ދުވަހު އާންމުކޮށް ދެ އަންހެނުން ހިމެނޭ ގޮތަށް 11 މީހެއްގެ ގައިގައި ހައްދުޖެހީ ތާލިބާނުންގެ ސުޕްރީމް ކޯޓުން އަމުރެއްގެ ދަށުންނެވެ.

އެމީހުންގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ "އަޚްލާގީ ޖަރީމާތަކާއި ޒިނޭ" ކަމަށް ތުހުމަތުވެ.

މީގެ ކުރިން ހަމަމިފަދަ މައްސަލައެއްގައި ތާލިބާނުންގެ ސުޕްރީމް ކޯޓުގެ ހުކުމެއްގެ ދަށުން ގޮތުން ހެލްމަންޑް ޕްރޮވިންސްގެ ދެކުނުގެ ގްރިޝްކް ޑިސްޓްރިކްޓްގައި އާންމުކޮށް 16 މީހެއްގެ ގައިގައި ވަނީ ހައްދު ޖަހާފައެވެ.

އަފްޣާނިސްތާނުގެ އެކި އަތޮޅުތަކުގެ މަދުވެގެން 250 މީހަކަށް ތަފާތު ޖަރީމާތަކުގެ ތުހުމަތުގައި ތާލިބާނުން އާންމުކޮށް ވަނީ މިހާތަނަށް މީހުން ގައިގައި ހައްދުޖަހާފައެވެ.

އާންމު އަދަބު ދިނުމުގެ އާދަ ތާލިބާނުން ފެށީ ނޮވެމްބަރު މަހު، އެ ޖަމާއަތުގެ އެންމެ މަތީ ލީޑަރު ހިބަތުالله އަޚުންޒާދާ މަރުގެ އަދަބު ހިމެނޭ ގޮތަށް ކޯޓުތަކުގައި ޝަރީއަތުގެ ގާނޫނު ތަންފީޒު ކުރުމަށް ފަނޑިޔާރުންނަށް އެދުމުންނެވެ.

ފާއިތުވި މަސްތަކުގައި ތާލިބާނުން ހިންގާ ވެރިކަމުން ވަނީ ހެލްމަންޑް، ފަރާ، ތަޚަރު، ލޯގާރ، ކާބުލް، ބަދަކްޝާން، އުރުޒްގާން، ޖައުޒްޖާން، ޕަރްވާން، ޕަކްޓިޔާ، ޕަކްޓިކާ، ލަގްމަން، އަދި ބައެއް އަތޮޅުތަކުގެ އެކި އަތޮޅުތަކުގެ އެތައް ބަޔަކަށް އަނިޔާކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް