މާޕް އިން މާޗް 4 އަދި 5 ގައި ތިންވަނަ ނެޝަނަލް އެޗް.އާރ ކޮންވެންޝަން ބާއްވަނީ – މިހާރު ރަޖިސްޓަރ ކޮށްލެވޭނެ

މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) އިން މާޗް 4 އަދި 5 ގައި ބޭއްވުމަށް ހަމަޖެހިފައިވާ  ތިންވަނަ ނެޝަނަލް އެޗް.އާރ ކޮންވެންޝަން އެންޑް އެކްސްޕޯ އަށް ރެޖިސްޓަރ ވުމުގެ ފުރުސަތު ހު...

19 Feb 2023 | 16:28

މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) އިން މާޗް 4 އަދި 5 ގައި ބޭއްވުމަށް ހަމަޖެހިފައިވާ  ތިންވަނަ ނެޝަނަލް އެޗް.އާރ ކޮންވެންޝަން އެންޑް އެކްސްޕޯ އަށް ރެޖިސްޓަރ ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި އިވެންޓަކީ މިގޮތަށް އެޗް.އާރ ޕްރޮފެޝަންލުންނާއި ގުޅުންހުރި ފަރާތްތަކުން ހިމެނިގެން ބޭއްވޭ އެންމެ ބޮޑު އިވެންޓެވެ. ދެ ދުވަހުގެ މުއްދަތަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންވެންޝަންގެ މައިގަނޑު ތީމްއަކ "Creating Value and Leading the Organization" އެވެ.

މި ކޮންވެންޝަންގައި ކީނޯޓް ސްޕީޗްތައް ދުނިޔޭގެ ފެންވަރުގެ މަޝްހޫރު ފަރާތަކުން ދެއްވުމަށް ހަމަޖެހިފައިވާއިރު ސެޝަންތަކުގައި ލީޑަރޝިޕް ޑިވެލޮޕްމަންޓް އާއި ގުޅުންހުރި ސެޝަންތަކާއި އެޗްއާރ ދާއިރާގެ މުވައްޒަފުންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމާއި، ވަޒީފާގެ މާހައުލަށް ގެނެވޭ ބަދަލުތަކުގައި އެޗް އާރ ލީޑަރުންގެ ދައުރާއި، ވަޒީފާގެ މާހައުލު މުވައްޒަފުންނަށް އެންމެ އެކަށީގެންވާ މާހައުލަކަށް ހެދޭނެ ގޮތްތަކާއި، ޑާޓާ އެނާލެޓިކްސް އަދި ފަހުގެ އެޗްއާރ ޓްރެންޑްސް ތަކާއި ގުޅޭގޮތުން ސެޝަންތައް ހުށަހެޅިގެންދާނެއެވެ.

ދުނިޔޭގެ ފެންވަރުގެ ގިނަ ސްޕީކާސްތަކެއް ބައިވެރިވާ ދެދުވަހުގެ މި ކޮންވެންޝަންގެ އަގަކީ 3500 ރުފިޔާ ކަމާއި 5 ސީޓް އަށް ވުރެ ގިނައިން ނަގާނަމަ 3250 ރުފިޔާ އަދި 10 ސީޓް އަށްވުރެ ގިނަ ނަމަ 3000 ރުފިޔާ ކަމަށް މާޕް އިން މައުލޫމާތު ދެއެވެ. މިއީ މިފަދަ އިވެންޓަކަށް ވަރަށް އެކަށޭނަ އަގެއްކަމަށްވެސް އެފަރާތުން މައުލޫމާތު ދެއްވައެވެ. އިވެންޓް އަށް ރެޖިސްޓަރ ކުރުމުގެ އެންމެފަހު ތާރީޚަކީ 28 ފެބްރުއަރީ އެވެ.

https://form.jotform.com/230245470444046 މިލިންކް އިން ރެޖިސްޓަރ ކުރެކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

މި ކޮންވެންޝަންގައި ޓެޑެކްސް ސްޕީކާސް ގެ އިތުރުން ފޯބް ރިކޮކްނައިޒްޑް އޮންޓޮޕްރިނުއާސް، ފީފަލް ޕްރޮފެޝަނަލް އެކްސްޕާޓްސް ، އެކިއެކި ދާއިރާތަކުގައި މަސައަކަތްކުރާ ހިއުމަން ރިސޯސް ލީޑާސް އަދި އެކްސްޕާޓްސް ބައިވެރިވެލައްވާނެއެވެ.

މި ކޮންވެންޝަން އާއި ބެހެގޮތުން ވާހަކަ ދައްކަވަމުން މާޕްގެ ރައީސް އަހުމަދު އިބްރާހިމް  ވިދާޅުވީ 2019 އަދި 2021 ގައި ބޭއްވުނު ކާމިޔާބު އެޗް.އާރު ކޮންވެންޝަންތައްފަދަ އަދި އެއަށްވުރެވެސް ފުރިހަމަ ކޮންވެންޝަންއެއް މިފަހަރު ބޭއްވިގެންދާނެކަމުގައެވެ. ކޮންވެންޝަން ޗެއަރ އަދި ވައިސް ޕްރެޒިޑެންޓް – ގްރޯތް އެންޑް މެމްބަރޝިޕް އަފީފް ވިދާޅުވީ މި ކޮންވެންޝަން ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ސްޕީކާސް ބައިވެރިވާނެއެވެ. އެގޮތުން ސިންގަޕޯ، އިންޑިއާ، ސްރީލަނަކާ، ޖާމަނީ، ޔޫއެސް.އޭ ގެ އިތުރުން ޔޫކޭ ހިމެނެއެވެ.

މާޕް އަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް މީހުން ބިނާކުރަން މަސައްކަތް ކުރުމަށް ރާއްޖޭގައި އުފެދުނު ފުރަތަމަ ޖަމިއްޔާއެކެވެ. ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ އެޗްއާރ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ތަފާތު ގޮތްގޮތުން އެހީތެރިވެ އެފަރާތްތަކަށް ބޭނުންވާ ފަހުގެ ރިސޯސްތައް ހޯދުމަށް އެހީތެރިވެދިނުމާއި ދާއިރާއާއިގުޅޭ ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހި ކުރެވި މައުލޫމާތި ބަދަލުކުރެވޭނެ މަގުތައް ފަހިކޮށްދިނުމެވެ. އެގޮތުން ޖަމިއްޔާ އުފެދުނުތާ ފަސް އަހަރު ވެފައިވާ އިރު، ދާއިރާއާއި ގުޅުންހުރި ތަފާތު ގިނަ ކާމިޔާބު ޕްރޮގްރާމްތަކެއް ވަނީ ހިންގާފައެވެ. އެގޮތުން މިޖަމިއްޔާއިން މިދިޔައަހަރު ބޭއްވި ޚާއްސަ ހަރަކާތްތަކުގެ ތެރޭގައި ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަސްޓަމަރ އެކްސްޕީރިއަންސް ކޮންސަލްޓަންޓް، ރޮން ކޮފްމަން ލައިވް އިން މޯލްޑިވްސްގެ ދެވަނަ އިވެންޓްގެއިތުރުން ދެވަނަ އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ ހިމެނެއެވެ.

2023 ވަނަ އަހަރު ވެގެންދާނީ މާޕްގެ ފަރާތުން ގިނަ އިވެންޓް ތަކެއް ބޭއްވިގެންދާނެ އަހަރެއްކަމުގައެވެ. އެގޮތުން ނެޝަނަލް އެޗް.އާރ ކޮންވެންޝަން އެންޑް އެކްސްޕޯގެ އިތުރުން އޮގަސްޓްގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޖައިލް އެޗްއާރ ލީޑާރސް ކޮންފަރެންސާއި ދުނިޔޭގެ މަޝްހޫރު ސްޕީކާރ ރޮބިން ބޭންކްސް ލައިވް އިން މޯލްޑިވްސް އިވެންޓް ހިމެނެއެވެ. އަދި ކޮންމެ މަހަކުހެން ބާއްވަމުންދާ ނޮލެޖްޝެއާ ސެޝަންތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭއްވިގެންދާނެއެވެ.

ނޭޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ 2020ގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން އޮންލައިންކޮށް ރެޖިސްޓްރީވުމުގެ ފުރުސަތު މާޕްގެ ވެބްސައިޓް އަދި ފޭސްބުކް ޕޭޖްއިން ލިބިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް