އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ދައުވާ އަށް ކާނަލް ނަޝީދު އިންކާރުކޮށްފި

ބަންގްލަދޭޝްއަށް ނިސްބަތްވާ އަލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ގެ މައްޗަށް ދަޢުލަތުން އުފ...

19 Feb 2023 | 14:58

ބަންގްލަދޭޝްއަށް ނިސްބަތްވާ އަލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ދައުވާ އަށް އޭނާ އިންކާރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި ސިއްރުކޮށްގެން މިއަދު ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި ކާނަލް ނަޝީދުގެ ފަރާތުން ވަނީ އޭނާ އެއްޖިންސުން އަލަމްގީރާއެކު ގުޅުން ނުހިންގާކަން ސާބިތުކޮށްދިނުމަށް ހެކި ހުށަހަޅާފައެވެ.

މީގެ އިތުރުން ކާނަލް ނަޝީދު ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އިންކާރު ކޮށްފައެވެ.

އެއްޖިންސުން ބަޔަކު ޖިންސީ ގުޅުން ހިންގި ވީޑިއޯތަކެއް ލީކު ވުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގަށް ފުލުހުން ގިނަ ބަޔަކު ހައްޔަރުކޮށް ތަހުގީގު ކޮށްފައި ވެއެވެ.

ނަމަވެސް މި މައްސަލައިގައި ދައުވާކުރެވޭ ވަރަށް ހެކި ނެތް ކަމަށް ބުނެ، ދައުވާ ކުރީ އަލަމްގީރު ހިމެނޭގޮތުން ހަތަރު މީހެއްގެ މައްޗަށެވެ. މިގޮތުން ކާނަލް ނަޝީދާއި ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި (ޑީއީޑީ) މަސައްކަތްކުރާ ފުލުހެއް ކަމުގައިވާ އަބްދުއްރަހުމާނު ރަފީއު ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް