މާލެ ތެރޭގައި ސަލާން ޖަހަމުންދިޔަ ޖަޕާނު އަންހެން މީހާ އިމިގްރޭޝަން ބަންދުން ދޫކޮށްލައިފި އެވެ.
އެމީހާ ސަލާން ޖަހަން އުޅޭކަން ހާމަކުރީ ބަޔަކު ސޯޝަލް މީޑިއާގައި އެވެ. ބައެއް މީހުން ބުނި ގޮތުގައި އޭނާ ސަލާން ޖަހަނީ އެ އަންހެން މީހާގެ ފާރިސް ކިޔާ ދިވެހި ފިރިމީހާ އޭނާ ވަރިކޮށް، ގެއިން ނެރެލުމުން ކަމަށެވެ.
އެ މައްސަލައިގަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު އެ އަންހެން މީހާ އިމިގްރޭޝަނާއި ހަވާލު ކުރީ މިމަހުގެ16 ވަނަ ދުވަހު އެވެ. ެހިގެން އައި ދުވަހު އިމިގްރޭޝަނުން ވަނީ އެމީހާ އިމިގްރޭޝަން ބެލުމުގެ ދަށުގައި ހުރިކަން ހާމަކޮށްފައި އެވެ.
އަދި ބުނީ އެ އަންހެން މީހާ އަކީ ދިވެހި ފިރިހެނަކާއި ކައިވެނިކޮށްގެން އުޅޭ ރެސިޑެންޓް ވިސާ އޮތް މީހެއް ކަމަށެވެ. އެއީ ޖަޕާނު މީހެއްކަންވެސް ކަށަވަރުކޮށްދިނެޗެ.
އިމިގްރޭޝަނުން ބުނީ އޭނާގެ ފަރާތުން މުޖުތަމައުގެ އާންމު ހަމަޖެހުމާއި ރައްކާތެރިކަމާއި ގުޅުވައި ފާހަގަ ވެފައިވާ މައްސަލަ ބަލަމުންދާ ކަމަށެވެ. އެގޮތުން އެ މައްސަލައިގަ ރާއްޖޭގެ އިމިގްރޭޝަން ގާނޫނާއި ހިލާފު ކަންތައްތަކެއް ހިމެނޭތޯ ކަށަވަރުކޮށް އިތުރަށް ބަލަމުންދާ ކަމަށް ބުންޏެވެ.
އޭގެ ފަހުން މިއަދު އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް މީޑިއާގައި ވިދާޅުވީ ބަލަންޖެހޭ ގިނަ ކަންތައްތަކެއް ހުރުމުން ޖަޕާންގެ އަންހެންމީހާގެ މައްސަލަ ބަލަނީ އޭނާ ދޫކޮށްލާފައި ބަހައްޓައިގެންނެވެ. އެމީހާ އަނބުރާ ގައުމަށް ފޮނުވާލުމާމެދު ގޮތެއް ނިންމާނީ މައްސަލަ ބަލައި ނިމުމުން ކަމަށް ވިދާޅުވި އެވެ.
އެމީހާ ބަންދުން ދޫކޮށްލަން ޖެހުނު ސަބަބު އިމިގްރޭޝަނުން ހާމަނުކުރާއިރު ގިނަ ބަޔަކު ދަނީ އަނެއްކާވެސް އޭނާ ސަލާން ޖަހަން މަގުތަކަށް ނުކުންނާނެ ކަމަށް ބުނެ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ. މީހުން ބުނާ ގޮތުގައި އޭނާ ދައްކާ ވާހަކަ ގިނަ ފަހަރު ހަމައެއް ނުޖެހެ އެވެ.
ސަލާން ޖަހަން އުޅުނު އެ އަންހެން މީހާ މީހުން ކައިރީ ބުނަމުން ދިޔައީ ފާރިސް ކިޔާ ފިރިމީހާ އާއި ކައިވެނިކޮށްގެން އުޅޭތާ 15 އަހަރުވެއްޖެ ކަމަށެވެ. ބައެއް މީހުން ކައިރީ ބުނެފައިވަނީ ފިރިމީހާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފައިސާ ބޭނުން ވެގެން އުޅޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް