ރައީސް ސޯލިހަށް ޓިކެޓު އެރުވި ޖަލްސާއަށް ނަޝީދު ވަޑައިނުގަތުމަކީ ހުތުރު އަމަލެއް: ޝަރީފު

އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވުމުގެ ޖަލްސާއަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިނުގެންނެވުމަކީ ދެރަވަރު ހުތުރު އަމަލެއް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އި...

19 Feb 2023 | 09:06

އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވުމުގެ ޖަލްސާއަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިނުގެންނެވުމަކީ ދެރަވަރު ހުތުރު އަމަލެއް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.

ރައީސަށް ރިޔާސީ ޓިކެޓު އެރުވުމުގެ ޖަލްސާ އޮތީ މިދިޔަ ހުުކުރު ދުވަހުގެ ރޭ އެވެ. ގިނަ އަދަދެއްގެ އެމްޑީޕީ މެމްބަރުން ބައިވެރިވި އެ ޖަލްސާއަށް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރާ މެމްބަރުން ވަޑައެއް ނުގަންނަވަ އެވެ.

މިކަމާއި ގުޅިގެން މަވޯޓާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑޮމިކްރަސީގެ ރީތި ހަމަތައް ގަބޫލު ކުރާ ކޮންމެ މީހަކު އިންތިހާބެއްގައި ބަލިވެއްޖެ ނަމަ ބަލި ގަބޫލު ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ ރައީސް ހައިސިއްޔަތުން ނަޝީދު ޖަލްސާއަށް ވަޑައިނުގެންނެވުމަކީ ވަރަށް ހުތުރު އަމަލެއް ކަމަށެވެ. އެމްޑީޕީ ވިޔަސް އެހެން ޕާޓީއެއް ވިޔަސް ރައީސާއި އިސްމަގާމުތަކުގައި ތިއްބަވާ ބޭފުޅުން ޕާޓީ ކުރިއަރުވަންށައި ވެރިކަން ހޯދައި ދިނުމަށް މަސައްކަތް ކުރަން ވާނެ ކަމަށެވެ.

މަވޯޓާ އިތުރަށް ވިދާޅުވީ އެނޫން ގޮތަކަށް އަމަލު ކުރަން ޕާޓީގެ އަސާސީ ގަވައިދު ތަން ނުދޭ ކަމަށެވެ.

https://twitter.com/AdduShareef/status/1627141644075282439

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް