ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް12 ބޭފުޅުން ކުރިމަތިލައި ވާދަވެރިކަން ބޮޑުވެއްޖެ އެވެ.
ޖޭޕީގައި ތިއްބަވަނީ ފަސް ޑެޕިއުޓީ ލީޑަރުންނެވެ. އެ މަގާމުގެ މުއްދަތަކީ ފަސް އަހަރެވެ.
ޖޭޕީން ބުނީ ޑެޕިއުޓީ ލީޑަރު ކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތު ހަމަވީ އިއްޔެ ކަމަށެވެ. ޖޭޕީން މިހާރު ވަނީ ކުރިމަތިލެއްވި12 ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކޮށްފައި އެވެ.
އެ މަގާމަށް ވާދަ ކުރައްވަނީ
1. އާއިޝަތު ނަހުލާ
2. ހުސެއިން ރަޝީދު ހަސަން
3. މޫސާ ނިޒާރު އިބްރާހިމް
4. އަމީން އިބްރާހިމް
5. އަހުމަދު ސައުދު
6. މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ)
7. އަލީ ހަމީދު
8. ޔަޝްފާ އަބްދުލްޣަނީ
9. އިގްބާލް އާދަމް
10. ހަސަން މުޣުނީ
11. އަބްދުﷲ އަހުމަދު
12. އަލީ ޝާހު
ޑެޕިއުޓީ ލީޑަރުގެ އިތުރުން ގޮފިތަކަށް ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލުމުންވެސް ގިނަ މެމްބަރުންތަކެއް ކުރިމަތިލާފައިވެ އެވެ. އަދި އެޕާޓީގެ ލީޑަރު ކަމަށް ހަމައެކަނި މިހާރުގެވެސް ލީޑަރު ގާސިމް އިބްރާހިމް ކުރިމަތިލައްވާފައިވާތީ ވޯޓަކާ ނުލައި އޭނާ ވަނީ ހޮވިފައި އެވެ.
ޖޭޕީގެ ކޮންގްރެސް އޮންނާނީ މިމަހު24-25އަށް ދަރުބަރުގޭގައި އެވެ. މި ކޮންގްރެސްގައި800 އަށްވިރެ ގިނަ މީހުން ބައިވެރިވާނެ އެވެ.
އެ ކޮންގްރެސްގައި މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަ ކުރުމާއި މެދު ގޮތެއް ނިންމާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް