ތަމަޅަ ކޮމީޑިއަން މަޔިލްސާމީ ކުއްލި ގޮތަކަށް މަރުވެއްޖެ

ދިވެހިންގެ މެދުގައިވެސް މަގުބޫލު ޓަމަޅަ ފިލްމުތަކުގައި ހެއްވާ މަޖާ ރޯލުތަކުން ފެންނަ މަޝްހޫރު ތަމަޅަ ކޮމީޑިއަން މަޔިލްސާމީ ކުއްލިގޮތަކަށް މަރުވެއްޖެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި އުމުރުން 57 އަހަރުގައ...

19 Feb 2023 | 07:47

ދިވެހިންގެ މެދުގައިވެސް މަގުބޫލު ޓަމަޅަ ފިލްމުތަކުގައި ހެއްވާ މަޖާ ރޯލުތަކުން ފެންނަ މަޝްހޫރު ތަމަޅަ ކޮމީޑިއަން މަޔިލްސާމީ ކުއްލިގޮތަކަށް މަރުވެއްޖެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އުމުރުން 57 އަހަރުގައި މަރުވީ މިއަދު ހެނދުނު އެވެ. އޭނާ މަރުވީ ކުއްލިއަކަށް ހާޓް އެޓޭކެއް ޖެހިގެންނެވެ.

އޭނާ މަރުވި އިރު ކުރިޔަށް ތަމަޅަ ފިލްމެއްގެ މަސައްކަތް ދިޔައީ ކުރަމުންނެވެ. "ގްލާސްމެސްޓްސް" ކިޔާ އެ ފިލްމުގެ ޝޫޓިން ނިންމައި މިހާރު ކުރިޔަށް ދަނީ ޑަބިންގެ މަސައްކަތެވެ.

މަޔިލްސާމީ އަކީ ސަޕޯޓިން ރޯލްތަކުން ފެނިގެންދާ ތަރިއެކެވެ. އޭނާ ވަނީ 200 އަށްވުރެ ގިނަ ޓަމަޅަ ފިލްމުގައި ހެއްވާ މަޖާ ބައި ކުޅެފައި އެވެ.

މަޔިލްސާމީ މަރުވުމާއި އެކު އިންޑިއާގެ އެކި ބަސްތަކުގެ ފިލްމީތަރިންނާއި ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން ދަނީ ތައިޒިޔާ ކިޔަމުންނެވެ.

އޭނާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ދޫލް"، "ކަންޗާނާ" އަދި "ވަސީގަރާ" ފަދަ މަޝްހޫރު ތަމަޅަ ފިލްމުތައް ހިމެނެ އެވެ.

މަޔިލްސާމީ ވަނީ ޓަމިލް ނާޑު ފިލްމު އެވޯޑް ފޯ ބެސްޓް ކޮމީޑިއަންގެ މަގާމުވެސް ހޯދާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް