ވޯޓަކާ ނުލައި ޖޭޕީގެ ލީޑަރު ކަމަށް ގާސިމް ހޮވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމަށް ގާސިމް އިބްރާހިމް ހޮވައިިފި އެވެ. އެޕާޓީ އުފެދުނީންސުރެ ލީޑަރަކީ ގާސިމް އެވެ. އޭނާ އެ މަގާމަށް ހޮވުނު މިއީ ހަތަރު ވަނަ ފަހަރެވެ. ގާސިމް މިމަގާމަށް ހޮވުނީ އެ ޕާޓީގެ ލީޑަރާ...

19 Feb 2023 | 07:27

ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމަށް ގާސިމް އިބްރާހިމް ހޮވައިިފި އެވެ.

އެޕާޓީ އުފެދުނީންސުރެ ލީޑަރަކީ ގާސިމް އެވެ. އޭނާ އެ މަގާމަށް ހޮވުނު މިއީ ހަތަރު ވަނަ ފަހަރެވެ.

ގާސިމް މިމަގާމަށް ހޮވުނީ އެ ޕާޓީގެ ލީޑަރާއި ޑެޕިއުޓީ ލީޑަރާއި އެހެނިގެން މަގާމުތަކަށް ވަދަ ކުރުމަށް ހުޅުވާލި ފުރުސަތުގައި ލީޑަރުގެ މަގާމަށް ގާސިމް އެކަނި ކުރިމަތި ލެއްވުމުންނެވެ. އެ މުއްދަތު ހަމަވީ އިއްޔެ މެންދުރު 12:00 ގައި އެވެ.

ޖޭޕީގެ މަގާމުތަކަށް ހުޅުވާލުމުން ނައިބް ލީޑަރު ކަމަށް 12 ބޭފުޅުން ވަނީ ކުރިމަތިލައްވާފަ އެވެ. މީގެ ތެރޭގައި ގާސިމުގެ އަނބިކަނބަލުން އަދި މިހާރުގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހިމެނިވަޑައިގެންނަވަ އެވެ.

ޖޭޕީގެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 އިން 25 އަށް ދަރުބާރުގޭގަ އެވެ.

މި ކޮންގްރެސްގައި ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަ ކުރުމާއި މެދު ގޮތެއް ނިންމާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް