ޕޯޗުގަލް ފޯވާޑް ކްރިސްޓިއާ ރޮނާލްޑޯ ސައުދީގެ އަލް ނަޞްރަށް ބަދަލުވުމުގެ ކުރިން ޕްރޮލީގުގައި ކުޅޭ މެޗުތައް ބަލަން ދަނޑަށް ވަންނަނީ 100 އެއްހާ ސަޕޯޓަރުން ކަމަށާއި ނަމަވެސް މިހާރު ދަނޑަށް ވަނުމަށް ޓިކެޓެއް ހޯދުމަކީ ވެސް އުނަދަގޫ ކަމެއް ކަމަށް ސައުދީ ޕްރޮލީގުގެ އަލް ތާވޫންގެ ގޯލް ކީޕަރު މައިލްސަން ބުނެފިއެވެ.
ރޮނާލްޑޯ ސައުދީ ޕްރްލީގުގެ އަލް ނަޞްރަށް ބަދަލުވީ ނިމިގެން ދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ހިލޭ ޓްރާންފާގެ ދަށުން 200 މިލިއަން ޕައުންޑުގެ ފީ އަކަށެވެ. މިއީ ދުނިޔޭގެ ފުޓްބޯޅައިގެ ތަރީޚުގައި ވެސް ކުލަބަކުން މިހާ އަގު ބޮޑުކޮށް ކުޅުންތެރިއަކު ގެނައި ފުރަތަމަ ފަހަރެވެ. އެހެން ކަމުން ރޮނާލްޑޯ އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިޔާއަށް ވަނީ ވެފައެވެ.
ތާވޫންގެ ގޯލް ކީޕަރު މައިލްސަން ބުނީ ރޮނާލްޑޯ ފަހަދަ ކުޅުންތެރިއަކު ސައުދީ ލީގަށް އައުމަކީ ލިބުނު ހިތްވަރެއް ކަމަށާއި ރޮނާލްޑޯއާއި ދެކޮޅަށް މެޗެއް ކުޅެލަން އަބަދުވެސް ކެތްމަދުވެފައި ހުރި ކަމަށެވެ. އަދި އެންމެ ފަހުން އަލް ނަޞްރާއި ދެކޮޅަށް އޭނާ ކުޅުނު މެޗުގައި ރޮނާލްޑޯއާއި ދެކޮޅަށް ކުޅެން ޖެހުމުން ވަރަށް ބޮޑަށް އުފާވި ކަމަށާއި ގަބޫލުކުރަން ވެސް ދަތި އިހުސާސްތަކެއް ކުރެވުނު ކަމަށް މައިލްސަން ބުންޏެވެ.
މައިލްސަން އިތުރަށް ބުނީ ރޮނާލްޑޯ އައި ފަހުން ޕްރޮ ލިގުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވެ ލީގުގެ ފޯރި އިތުރަށް ގަދަވެފައިވާ ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ސައުދީ ފުޓްބޯޅައަށް ރޮނާލްޑޯގެ ސަބަބުން ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
މައިލްސަން އިތުރަށް ބުނީ ހުރިހާ ކުލަބުތަކަކަުންވެސް ރޮނާލްޑޯ އާއި ދެކޮޅަށް ކުޅެން ކެތްމަދުވެފައިވާ ކަމަށާއި ކޮންމެ ކުލަބެއްގެ ކޮންމެ ކުޅުންތެރިއަކުވެސް ރޮނާލްޑޯ އާއި ދެކޮޅަށް ކުޅެ ކުރި ހޯދަން ބޭނުވެ އިތުރު ހިތްވަރެއް ލާ ކަމަށެވެ. ޚާއްސަކޮށް އަލް ނަޞްރުގެ ކުޅުންރިޔާ ލުއިސް ގުސްތާވޯވެސް ފާހަގަކޮށްފައިވާ ގޮތުގައި ރޮނާލްޑޯ އަށް ދެކޮޅަށް ކޮންމެ ކުޅުންތެރިއަކުވެސް ސަކޭކަ ޕަސެންޓް ދައްކަމުން އަންނަ ކަމަށް މައިލްސަން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް