އަންނަ މަހު އައިލެންޑް އޭވިއޭޝަން މުވައްޒަފުންގެ މުސާރަ ބޮޑު ކުރަނީ

ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން މުވައްޒަފުންގެ މުސާރަ އަންނަ މަހުން ފެށިގެން ބޮޑު ކުރާނެ ކަން އިއުލާނުކޮށްފި އެވެ. މިކަން އިއުލާނު ކުރެއްވީ ރޭ ބޭއްވި އެ ކުންފުނީގެ ސްޓާފް ނައިޓްގައި ވާހ...

19 Feb 2023 | 06:13

ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން މުވައްޒަފުންގެ މުސާރަ އަންނަ މަހުން ފެށިގެން ބޮޑު ކުރާނެ ކަން އިއުލާނުކޮށްފި އެވެ.

މިކަން އިއުލާނު ކުރެއްވީ ރޭ ބޭއްވި އެ ކުންފުނީގެ ސްޓާފް ނައިޓްގައި ވާހަކަ ދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު އެވެ.

އޭނާ ވިދާޅުވީ މުސާރައަށް ހެޔޮ ބަދަލު ގެންނަނީ ރަނގަޅު ގޮތްތައް ހޯދާއިދީ ޤާބިލް މުވައްޒަފުން ކުންފުނީގައި ދެމެހެއްޓުމަށް ކަމަށެވެ.

މިހާދު ވިދާޅުވީ މުސާރަ ބޮޑު ކުރުމުގެ އިތުރުން މޯލްޑިވިއަންއިން ދަތުރު ކުރާއިރު މުވައްޒަފުންގެ ޓިކެޓަށް ދައްކާ ފިއުލް ޗާޖް އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކަނޑާލާނެ ކަމަށެވެ.

އަދި މުވައްޒަފުންނަށް ދެމުންދާ ޓިކެޓު ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ކަނޑާލާފައި އޮތުމަށްފަހު އަލުން މިޓިކެޓުގެ ޢިނާޔަތްތައްވެސް އިޔާދަކުރުމަށްވަނީ ނިންމާފައި ކަމަށް ވިދާޅުވި އެވެ.

އައިލެންޑް އޭވިއޭޝަންގެ ސްޓާފް ނައިޓްގައިވަނީ އެކުންފުންޏަށް ދިގު މުއްދަތަކަށް ހިދުމަތް ކުރި ފަރާތްތަކުގެ އަގު ވަޒަންކޮށް އެފަރާތްތަކަށް އެވޯޑު ދީފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް