ނޭމާ ދޫކޮށްލަން ޕީއެސްޖީން ތައްޔާރު !

މި ދުވަސްވަރަކީ ދުނިޔޭގެ ފުޓްބޯޅަ ޓްރާންސްފާ ބާޒާރުގެ އަޑުތައް ވަރަށް ގަދަވެފައިވާ ދުވަސްވަރެކެވެ. އެގޮތުން ޔޫރަޕްގެ ނަން މަޝްޙޫރު ބޮޑެތި ކުލަބުތަކުގެ ޓްރާންސްފާގެ ވާހަތައް ދަނީ މީޑިއާގައި ފަތުއަޑު ކި...

19 Feb 2023 | 06:02

މި ދުވަސްވަރަކީ ދުނިޔޭގެ ފުޓްބޯޅަ ޓްރާންސްފާ ބާޒާރުގެ އަޑުތައް ވަރަށް ގަދަވެފައިވާ ދުވަސްވަރެކެވެ. އެގޮތުން ޔޫރަޕްގެ ނަން މަޝްޙޫރު ބޮޑެތި ކުލަބުތަކުގެ ޓްރާންސްފާގެ ވާހަތައް ދަނީ މީޑިއާގައި ފަތުއަޑު ކިޔާފައި ދެކެވެމުންނެވެ.

އެގޮތުން މިވަގުތު މީޑިއާގައި އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކަ އަކީ ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލް ތަރި ނޭމާ ކުލަބު ބަދަލުކުރަން އުޅޭ ވާހަކައެވެ.

ދުނިޔޭގެ މަޝްޙޫރު ބައެއް މީޑިއާތަކުން ޚަބަރު ފަތުރާ ގޮތުގައި ޕީއެސްޖީން ބޭނުން ވަނީ ނޭމާ ވިއްކާލާށެވެ. އެގޮތުން އެންމެ ބޮޑު ބުށައެޅުމެއް ހުށައަޅާ ކުލަބަކަށް ނޭމާ ވިއްކާލަން އެ ކުލަބުން އޮތީ ތައްޔާރަށް ކަމަށް ރިޕޯޓުތަކުގައި ވަނީ ބުނެފައިވެއެވެ.

2017 ވަނަ އަހަރު ދުނިޔޭގެ ރެކޯޑް ފީއެއް ކަމުގައިވާ 234 މިލިއަން ޑޮލަރަށް ސްޕެއިންގެ ބާސެނޯއިން ޕީއެސްޖީއަށް ބަދަލުވި ނޭމާ ވިއްކާލުމަށް ޕީއެސްޖީން ބޭނުންވި ނަމަވެސް ނޭމާ ބޭނުންވަނީ އޭނާ ޕީއެސްޖީ އާއި އެކު ހަދާފައިވާ އެއް ބަސްވުން ހަމަވަންދެން ކުލަބުގައި މަޑުކުރާށެވެ. ނަމަވެސް ބައެއް ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުން ޕީއެސްޖީން އަންނަނީ ނޭމާ ދޫކޮށްލަން މަޝްވަރާތައް ކުރަމުންނެވެ.

ނޭމާ ޕީއެސްޖީ ދޫކޮށްލަ އުޅޭކަމުގެ އަޑުތައް ގަދަވެފައިވާއިރު، ނޭމާ ދާނެ ކަމަށް އެންމެ ބޮޑަށް ބެލެވިފައިވަނީ އިނގިރޭސި ކުލަބް ޗެލްސީއަށެވެ. ޗެލްސީން ނޭމާ އަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެގައެވެ.

ނޭމާ ޕީއެސްޖީ އާއި އެކު ހަދާފަައިވާ އެއްބަސްވުން ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށެވެ. ނޭމާ ޕީއެސްޖީއާއި އެކު އެންމެ ފަހުން އެއްބަސްވުން އާކުރީ 2021 ވަނަ އަހަރުގެ މޭ މަހުގެ 15 ވަނަ ދުވަހުގައެވެ.

މިހާތަނަށް ޕީއެސްޖީ އަށް ކުޅެދިން 172 މެޗުގައި ނޭމާ ވަނީ 117 ގޯލު ކާމިޔާބު ކޮށްދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް