އިންޑިއާއިން 1.2 މިލިއަން ޑޮލަރުގެ ޖަންޗާ އަތުލައިގެންފި

އިންޑިއާއިން 1.2 މިލިއަން އެމެރިކާ ޑޮލަރުގެ ގަންޖާ އަތުލައިގެންފި އެވެ. މަސްތުވާތަކެތީގެ ބާވަތެއް ކަަމަށްވާ މިތަކެތި އަތުލައިގަތީ އެ ގައުމުގެ ސްޓޭޓެއް ކަމަށްވާ އަސާމް ބޯޑަރުން ޓްރަކަކަށް ބަރުކޮށްގެން ...

19 Feb 2023 | 05:32

އިންޑިއާއިން 1.2 މިލިއަން އެމެރިކާ ޑޮލަރުގެ ގަންޖާ އަތުލައިގެންފި އެވެ.

މަސްތުވާތަކެތީގެ ބާވަތެއް ކަަމަށްވާ މިތަކެތި އަތުލައިގަތީ އެ ގައުމުގެ ސްޓޭޓެއް ކަމަށްވާ އަސާމް ބޯޑަރުން ޓްރަކަކަށް ބަރުކޮށްގެން އެ ސްޓޭޓަށް އެތެރެ ކުރަން އުޅެނިކޮށެވެ. އެ ޓްރަކް އެ ސްޓޭޓަށް އެތެރެވާން މަސައްކަތް ކުރީ ޓްރިޕޫރާ ސްޓޭޓުންނެވެ.

ޓްރިޕޫރާއަކީ ބަންގްލަދޭޝް އާއި ބޯޑަރު ގުޅޭ ސަރަހައްދުގައި އޮންނަ ސްޓޭޓެކެވެ.

އަސާމްގެ އުތުރުގެ ޑިސްޓްރިކްޓެއް ކަމަށްވާ ޗުރައިބޫރީގެ ފުލުހުން ބުނީ މި މައްސަލައިގަ އެ ޓްރަކް ދުއްވަން އިން ޑްރައިވަރު ހައްޔަރުކޮށްފައިވާ ކަމަށެވެ. ޓްރަކް ބަލާ ފާސް ކުރަން ނިންމީ ޑްރައިވަރުގެ ފަރާތުން ފެނުނު ޝައްކު ކުރެވޭ ކަންކަންތަކަކާއި ގުޅިގެންނެވެ.

އެ ޓްރަކްގައި ގަންޖާތައް ބަންދުކޮށްފައި ހުރީ 51 ޕެކެޓުގައި އެވެ. އެޕެކެޓުތައް ހުރީ ނެޗުރަލް ރަބަރު އޮޅައި ބަންދުކޮށްފައި ކަމަށް ބުންޏެވެ.

ފުލުހުން ބުނީ އިންޑިއާގައި އެތަކެތީގެ މަގުމަތީ އަގު 1.02 ކްރޯޑު ރުޕީސްއަށް އަރާ ކަމަށެވެ.

އިއްޔެ ހިނގި މި ހާދިސާ އާއި ގުޅިގެން ފުލުހުން އިތުރު ތަފްސީލް އަދި ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް