ޕްރިޔަންކާ ދަރިފުޅުގެ މޫނު ސޯޝަލް މީޑިއާ މެދުވެރިކޮށް ދައްކާލައިފި

ބޮލީވުޑް އަދި ހޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ދަރިފުޅު މާލްޓީ މާރީ ޗޯޕްރާ ޖޯނަސްގެ މޫނު ސޯޝަލް މީޑިއާ މެދުވެރިކޮށް ދައްކާލައިފި އެވެ. މިމަހުގެ ކުރީކޮޅު ނިކް ޖޯނަސްގެ އާއިލީ މިއުޒިކް ބޭންޑުގެ އާ ...

19 Feb 2023 | 04:35

ބޮލީވުޑް އަދި ހޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ދަރިފުޅު މާލްޓީ މާރީ ޗޯޕްރާ ޖޯނަސްގެ މޫނު ސޯޝަލް މީޑިއާ މެދުވެރިކޮށް ދައްކާލައިފި އެވެ.

މިމަހުގެ ކުރީކޮޅު ނިކް ޖޯނަސްގެ އާއިލީ މިއުޒިކް ބޭންޑުގެ އާ އަލްބަމް ނެރުމުގެ ރަސްމިއްޔާތުގައި އާންމުވި ވީޑިއޯތަކުގައި މާލްޓީގެ މޫނު ވަރަށް ރީއްޗަށް ފެނެ އެވެ. އެ ރަސްމިއްޔާތުގައި މާލްޓީގެ މޫނު ފޮރުވާކަށް ޕްރިޔަންކާ މަސައްކަތެއް ނުކުރެ އެވެ.

އެކަމަކު އިއްޔެ އާންމުކޮށްފައިވާ ފޮޓޯއަކީ ޕްރިޔަންކާ އާއި ނިކް އާންމު ކުރި މާލްޓީގެ ފުރަތަމަ މޫނު ފެންނަ ފޮޓޯ އެވެ. ފޮޓޯ ޕޯސްޓުކޮށް ޕްރިޔަންކާ ބުނީ ލޯބިވާ ދަރިފުޅާއި އެކު އެފަދަ އުފާވެރި ދުވަސްތަކެއް ހޭދަ ކުރަމުންދާ ކަމަށެވެ.

https://www.instagram.com/p/Co01_gFJYxD/

ޕްރިޔަންކާ އާއި ނިކް ދަރިއަކު ހޯދީ، ސަރޮގޭޓްކޮށްގެންނެވެ. ޕްރިޔަންކާ ބުނެފައިވާ ގޮތުގައި ސަރޮގޭޓުކޮށްގެން ދަރިއަކު ހޯދަން ޖެހުނީ ސިއްހީ މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ.

ދެމީހުންނަށް ދަރިއަކު ލިބުނުކަން އިއުލާނު ކުރީ މިދިޔަ އަހަރުގެ އޭޕްރިލް 21 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް