ތުރުކީ އަށް އައި ބާރުގަދަ ބިންހެލުންތަކުގައި އެ ގައުމާއި ސޫރިޔާއިން މިހާތަނަށް 45 ހާހަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު އިމާރާތްތަކުގެ ދަށުން ސަލާމަތް ކުރެވުނު މީހުންގެ އަދަދު އުޅެނީ ލައްކައިން މަތީގައެވެ.
މިއީ އެއިން އިމާރާތެއްގެ ދަށުން ސަލާމަތް ކުރި، ތުރުކީއަށް ނިސްބަތްވާ އުމުރުން 17 އަހަރުގެ ތަހާ އާދަމްގެ ވާހަކައެވެ. އޭނާ ވަނީ އިމާރާތުގެ ކޮންކްރީޓްތަކުގެ ދަށުގައި ތާށިވެފައި އޮތް ހާލު ވަދާއީ ވީޑިއޯއެއް އޭނާގެ ފޯނުން ޝޫޓްކޮށްފައެވެ. އެ ވީޑިއޯ ޝޫޓްކުރީ ސަލާމަތް ވެވޭނެ ކަމުގެ އުންމީދެއް ނެތް ހާލު، އެއީ އޭނާއަށް ހަޔާތުގައި ރެކޯޑް ކުރެވޭނެ އެންމެ ފަހުގެ ވީޑިއޯކަމަށް ބަލައިގެންނެވެ.
"މަރު ހަމަ ކޮންމެ ވަގުތަކުވެސް އަތުވެދާނެ ،ދެރަވާ ބައިވަރު ކަންކަން އެބަ ހުރި، އަހަރެންގެ ފާފަތައް ފުއްސަވާންދޭވެ، މިތަނުން ހެޔޮ ހާލުގައި ނިކުމެވިއްޖެނަމަ އަހަރެން ކުރަން ބޭނުންވާ ބައިވަރު ކަންކަން އެބަ ހުރި" ހަނި ދޭތެރެއެއްގައި ތާށިވެފައި އޮތްހާލު ކުރި ވީޑިއޯގައި ތަހާ ބުނެފައިވެއެވެ.
https://www.youtube.com/watch?v=j9Wx_88YD1c
ތަހާ ބުނެފައިވާގޮތުގައި ހޭލެވުނީ ލޮޅުންތައް އިހުސާސް ކުރެވިގެންނެވެ. ދޮރާއި ދިމާއަށް ދުއްވައިގަނެވުނުއިރު އޮތީ ކޮންކްރީޓްތަކުގެ ދަށުވެފައެވެ.
އެ އިމާރާތުގައި ތަހާ އާއި ތަހާގެ މަންމައާއި ބައްޕަގެ އިތުރުން ތަހާގެ އިތުރު ފިރިހެން ކޮއްކޮއަކާއި އަންހެން ކޮއްކޮއަކު ތާށިވިއެވެ. އެހެންނަމަވެސް ބިންހެލުމުގެ މި ހާދިސާއިން އެ އާއިލާ އެކުގައި ސަލާމަތްވިއެވެ. މިހާރު އެ އާއިލާ ދިރިއުޅެމުން އަންނަނީ ވަގުތީ ޓެންޓެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް