ޒައިދުގެ ކައިވެނި އަލްބަމް ރިލީޒްކޮށްފި – ހުރިހާ ލަވައެއް ޔޫޓިއުބުން އަޑު އަހާލެވޭނެ

ޝައިހް އަލީ ޒައިދުގެ ކައިވެނި އަލްބަމް ރިލީޒްކޮށްފިއެވެ. މި އަލްބަމް ރިލީޒްކޮށްފައިވަނީ ރޭގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި މި އަލްބަމް ރިލީޒްކޮށްދެއްވީ އިސްލ...

19 Feb 2023 | 03:45

ޝައިހް އަލީ ޒައިދުގެ ކައިވެނި އަލްބަމް ރިލީޒްކޮށްފިއެވެ.

މި އަލްބަމް ރިލީޒްކޮށްފައިވަނީ ރޭގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި މި އަލްބަމް ރިލީޒްކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރެވެ. ރޭގެ އެ ރަސްމިއްޔާތުގައި އެ އަލްބަމަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތައް ވަނީ ބައިވެރިވެފައެވެ.

ޝެއިހް ޒައިދުގެ އިތުރުން، ހުސައިން އަލީ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަ) އާއި އިބްރާހިމް ޒައިދް އަލީ (ކުޑަ އިއްބެ) އަދި ޝަލަބީ އިބްރާހިމް ހިމެނޭހެން ޖުމްލަ 12 ވޯކަލިސްޓުން ކިޔާފައިވާ ކައިވެނި އަލްބަމްގެ ރިލީޒްކޮށްފައިވާއިރު މި އަލްބަމްގެ ހުރިހާ ލަވައެއް މިހާރު ވަނީ ލިރިކްސް އާއެކު ޔޫޓިއުބަށް އަޕްލޯޑްކޮށްފައެވެ.

https://www.youtube.com/watch?v=yTSv7EorCxQ

މިއީ ކައިވެނި ހަފްލާތަކުގައި ޖެހުމަށް ކައިވެނީގެ އުފާވެރިކަން އިހްސާސްކުރުމަށް ތާރަ އާއި އެކު ތައްޔާރު ކުރެވުނު އެންމެ ފުރަތަމަ އަލްބަމު ކަމަށް ވެސް ޒައިދު ވިދާޅުވެފައި ވެއެވެ. އަދި ތާރައަކީ އިސްލާމް ދީނުގެ ޝަރުޢީ ހަދީސުން ސާބިތުވާ ހުއްދަ އެއްޗެއްކަމުގައިވެސް ޝައިޚް ޒައިދު ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް