ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން ވަފުދެއް ގާސިމް އިބްރާހިމާއި ބައްދަލުކުރައްވައިފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އިއްޔެ ސަން އައިލެންޑްގައި އޮތް ބައްދަލުވުމެއްގައި ރައީސް ސޯލިހްގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގެންނެވީ ހުޅުމާލޭ ދާއިރާގެ މެންބަރު އަރި ރައީސް ގެ ކޮއްކޯފުޅު އަލީ ނިޔާޒާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމެވެ.
މި ބައްދަލުކުރެއްވުމުގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވިނަމަވެސް މިކަމާއި ގުޅޭގޮތުން ޖުމްހޫރީ ޕާޓީންވެސް އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިންވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ރައީސް ސޯލިހްގެ ފަރާތްޕުޅުން ވަފުދެއް ގާސިމާއި ބައްދަލުކޮށްފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރުމާއިމެދު އެ ޕާޓީގެ ކޮންގްރެސް އިން ގޮތެއް ނިންމާނެއެވެ. ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ހަފްތާ ބަންދުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް