ފުލުހެއްގެ ސައިކަލްގައި ރޯކޮށްލި ކަމަށް ތުހުމަތުކުރި ދެ މީހަކު ދޫކޮށްލާ އެކެއްގެ މުއްދަތު ޖަހައިފި

ނ. މިލަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން އެކަކު ބަންދުކޮށް، އަނެއް ދެ މީހުން ކޯޓުން ދޫކޮށް، އަނިއްމީހާގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ. ފުލ...

19 Feb 2022 | 14:55

ނ. މިލަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން އެކަކު ބަންދުކޮށް، އަނެއް ދެ މީހުން ކޯޓުން ދޫކޮށް، އަނިއްމީހާގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ތުހުމަތުވާ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އެ ރަށުގެ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން 22 އަހަރުގެ ފިރިހެން މީހާގެ ބަންދަށް ފަސް ދުވަސް ދީފައިވާ ކަމަށެވެ. އެ މައްސަލައިގައި ދޫކޮށްލީ ތުހުމަތުވާ 27 އަހަރާއި 31 އަހަރުގެ ދެ ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.

ރޯކޮށްލާފައިވަނީ މިލަދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހަކު ހުއްޓުވުމުން މިލަދޫ ޕޮލިސް ޑެސްކުގެ އިންޗާޖް އަރީޝް އިންޒާރުދީ އަދި ރޭ ދަންވަރު، އޭނާ ދިރިއުޅޭ ގޭގައި ސައިކަލު ބަހައްޓާފައި ހުއްޓައެވެ.

އެ ސައިކަލުގައި ރޯކޮށްލާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖްތައް ސޯޝަލް މީޑީއާގައި ދައުރުވަމުން އަންނައިރު އެ ވީޑިއޯތަކުން ފެންނަގޮތުގައި ސައިކަލު ރޯކޮށްލުމުގައި ދެމީހަކު ހަރަކާތްތެރިވެއެވެ. އެކަކު ވަދެ ސައިކަލު މައްޗަށް ޕެޓްރޯލު ހަމެއް/ފުޅިއެއް އޮއްސާލާފައި ދިއުމުން އަނެކަކު ރޯކޮށްލަނީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް