ޔޫއޭއީގައި އޮތް ރަކް އަލް ހައިމާ މެރެތަންގައި ފްލޭޝް އާއި ޖައިޝާ ރަންވަނަ ހޯދި އިރު، މަރީ ހާފް މެރަތަންގެ ގައުމީ ރެކޯޑު އައުކޮށްފި

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރަކް އަލް ހައިމާގައި މިއަދު ބޭއްވި މެރަތަންއެއްގައި ހުސައިން ފަޒީލް ހާރޫން (ފްލޭޝް)، އާމިނަތު ޖައިޝާ ޖުނީޒް ރަންވަނަތަކެއް ހޯދާ، މަރްޔަމް އަބްދުލް ކަރީމް (މަރީ...

19 Feb 2022 | 13:23

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރަކް އަލް ހައިމާގައި މިއަދު ބޭއްވި މެރަތަންއެއްގައި ހުސައިން ފަޒީލް ހާރޫން (ފްލޭޝް)، އާމިނަތު ޖައިޝާ ޖުނީޒް ރަންވަނަތަކެއް ހޯދާ، މަރްޔަމް އަބްދުލް ކަރީމް (މަރީ) ގައުމީ ރެކޯޑްއެއް މުގުރާލައިފިއެވެ.

ފަޒީލް ވަނީ ހާފް މެރަތަން ރޭހުގެ 5 ކިލޯމީޓަރުން ދުވެ އެއްވަނަ ހޯދާފައެވެ. ފަޒީލް ރޭސް ނިންމާފައިވަނީ 16 މިނިޓް 32 ސިކުންތުންނެވެ. އޭނާގެ ފަހަތުން ދެވަނަ ހޯދި ރުޝްދީ މުހްސިން ރޭސް ނިންމީ 17:16 އިންނެވެ. ރާއްޖޭ ހުސައިން ރިޒާ (ކުޑަ ރިޒާ) ވަނީ އެ ރޭހުގެ ތިން ވަނަ ހޯދީ ފަސް ކިލޯމީޓަރު 17 މިނެޓު 18 ސިކިންތުން ނިންމައިގެންނެވެ.

ޖައިޝާ ވަނީ އެ ރޭހުގެ އަންހެން ބައިން ދެވަނަ ހޯދާފައެވެ. ޖައިޝާ ރޭސް ނިންމީ 20 މިނެޓް 25 ސިކުންތުންނެވެ. މިއާއެކު އޭނާ ވަނީ ގައުމީ ރެކޯޑެއް މުގުރާލާފައެވެ. ކުރިން އެރެކޯޑް އޮންނަނީ ޔޫއޭއީގެ މި ރޭހުގައި 2020 ގެ އެޑިޝަންގައި ރެކޯޑް ހެދި އައިޝަތު ޖިނާނީ އިބްރާހިމް އަތުގައެވެ. އެފަހަރު ޖިނާނީ ރޭސް ނިންމީ 20:34 އިންނެވެ.

ދިގު ދުވުންތެރިޔާ މަރްޔަމް އަބްދުލް ކަރީމް ވަނީ ހާފް މެރެތަންގެ ގައުމީ ރެކޯޑް މުގުރައިލައިފައެވެ. އޭނާ ރޭސް ނިންމީ 1:30:46 (އެއް ގަޑިއިރާ 30 މިނެޓް 46 ސިކުންތު) އިންނެވެ. ކުރިން ވެސް އެ ރެކޯޑް އޮންނަނީ މަރީ އަތުގައެވެ.

މިރޭހުގެ 2020 ގެ އެޑިޝަންގައި ވާދަކޮށް މަރީ ރޭސް ފުރިހަމަ ކުރީ 1:32:42 އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް