މިދިޔަ އަހަރު ޓެކުހުން ލިބުނު އާމްދަނީއާ އެއްވަރުގެ އަދަދެއް މި އަހަރުގެ ޓެކުހުގެ އާމްދަނީ އަށް ލިބިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކުރި ދައުލަތުގެ ހަރަދާއި އާމްދަނީގެ ތަފާސް ހިސާބުތަކުގައިވާ ގޮތުން މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް ޓެކުހުގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެއާއެކު މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ބަލާނަމަވެސް ލިބިފައިވަނީ މިވަރުގެ އަދަދެކެވެ.
މި އަހަރުގެ މިހާތަނަށް ޓެކުހުން ލިބުނު އާމްދަނީ މަތިވިއިރު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީގެ ގޮތުގަ އެވެ. ޖީއެސްޓީ އަށް މިހާތަނަށް 1.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް ޖީއެސްޓީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާ ހަމަ އަށް ބަލާނަމަ ލިބިފައިވަނީ 845 މިލިއަން ރުފިޔާ އެވެ. ޖީއެސްޓީގެ ތެރެއިން އާއްމު ޖީއެސްޓީން މިހާތަނަށް ޖުމްލަ 322.5 މިލިއަން ރުފިޔާ ލިބުނުއިރު ޓޫރިޒަމް ޖީއެސްޓީ އިން 805.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ފިނޭންސްގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ލިބިފައިވަނީ 2.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު މި އަހަރުގެ މިހާތަނަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް