އުރީދޫ މޫލީން ވިޔަފާރި ކޮށްގެން އެޕަލް ގިފްޓް ކާޑަކާއި ޕަބްޖީ ޔޫސީ ހޯދުމުގެ ފުރުސަތު

އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް، މޫލީން ވިޔަފާރި ކޮށްގެން ހާއްސަ އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ. މި ޕްރޮމޯޝަންގައި ވިޔަފާރިކޮށްގެން ލިބޭ އިނާމުތަކުގެ ތެރޭގައި އެޕަލް ގިފްޓް ކާޑަކާއި ޕަބްޖީ...

19 Feb 2022 | 11:02

އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް، މޫލީން ވިޔަފާރި ކޮށްގެން ހާއްސަ އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަންގައި ވިޔަފާރިކޮށްގެން ލިބޭ އިނާމުތަކުގެ ތެރޭގައި އެޕަލް ގިފްޓް ކާޑަކާއި ޕަބްޖީ ޔޫސީ ހިމެނެ އެވެ.

މި ފުރުސަތުގެ ދަށުން އިނާމް ލިބޭނީ މޫލީން އީ2އެސް ޕްރޮޑަކްޓުތައް ގަންނަ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ދެ މީހަކަށެވެ. އެއް ވަނައަށް 50 ޑޮލަރުގެ އެޕަލް ގިފްޓް ކާޑެއް ހުށަހަޅާފައިވާއިރު ދެވަނަ އިނާމަކަށް ހުށަހަޅާފައިވަނީ 3850 ޕަބްޖީ ޔޫސީ އެކެވެ.

މޫލީގެ އީ2އެސް ޕްރޮޑަކްޓުތަކުގެ ތެރޭގައި ޑިޖިޓަލް ކާޑުތައް ހިމެނެ އެވެ. އެއީ ނެޓްފްލިކްސް އާއި އެޕަލް އާއި ޕްލޭސްޓޭޝަނާއި މައިކްރޮސޮފްޓް ފަދަ ބޮޑެތި ކުންފުނިތަކުގެ ގިފްޓް ކާޑުތަކެވެ.

މީގެ އިތުރުން ތަފާތު ގޭމުތަކުގެ ފައިސާ ވެސް އީ2އެސް ޕްރޮޑަކްޓުތަކުގެ ތެރޭގައި ހިމެނެ އެވެ. ޕަބްޖީ ޔޫސީ އަކީ ޕަބްޖީ ކުޅޭ އިރު ބޭނުންވާ ގޭމިން ފައިސާ އެވެ.

އުރީދޫއިން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 28ގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގައި ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ނަމަވެސް މޫލީގެ ކަސްޓަމަރެއް ނަމަ ބައިވެރިވެވޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް