މަދަރުސަތުލް އިފްތިތާހުގެ އާ ކުލާސްރޫމް ތަކެއް ރައީސް ހުޅުއްވައިދެއްވައިފި

ޅ. ނައިފަރު މަދަރުސަތުލް އިފްތިތާހުގެ އާ ކުލާސްރޫމްތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ހުޅުއްވައިދެއްވަފިއެވެ. މަދަރުސަތުލް އިފްތިތާހު ގެ މި ކުލާސްރޫމްތައް ހުޅުއްވައިދެއްވާފައިވަނީ ...

19 Feb 2022 | 10:47

ޅ. ނައިފަރު މަދަރުސަތުލް އިފްތިތާހުގެ އާ ކުލާސްރޫމްތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ހުޅުއްވައިދެއްވަފިއެވެ.

މަދަރުސަތުލް އިފްތިތާހު ގެ މި ކުލާސްރޫމްތައް ހުޅުއްވައިދެއްވާފައިވަނީ އެމަނިކުފާނު ޅ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން މިއަދު ނައިފަރަށް ކުރެއްވި ދަތުރުގައެވެ.

2018 ވަނަ އަޅަން ފެށުނު 3 ބުރީގެ 10 ކުލާސްރޫމުގެ އިތުރުން ސްޓާފްރޫމަކާއި އޭވީރޫމެއް ހިމެނޭހެން ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކުރެވިފައެވެ. މި ކުލާސްރޫމްތައް ނިންމަން އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ މުއްދަތަކީ އެއްއަހަރު ދުވަހެވެ.

ޅ އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި ހޮނިހިރު ދުވަހުގެ ހެނދުނު ޅ އަތޮޅު ތައުލީމީ މަރުކަޒުގެ އިސްވެރިންނާ ބައްދަލުކުރައްވައި އެތަނުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި, ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. ޅ އަތޮޅު ތަައުލީމީ މަރުކަޒުގައި ބޭއްވި މި ބައްދަލުވުމުގައި އެ މަރުކަޒުގެ އިސްވެރިން ވަނީ އެމަރުކަޒުގެ ބައެއް އިމާރާތްތަކުގައި ހުރި މައްސަލަތަކާއި, މަރުކަޒުގައި ގާއިމުކޮށްފައިވާ ވަަސީލަތްތަކުގެ ފެންވަރު މަތިކޮށް ޒަމާނީ ފެންވަރަށް ގެނައުމާއި، އަދި ތައުލީމީ މަރުކަޒު އެންމެ އެދެވޭގޮތަށް ހިންގުމަށް އިތުރު 3 ބުރީގެ އިމާރާތެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ތައުލީމީ މަރުކަޒަށް އިތުރަށް އިންސާނީ ވަަސީލަތް ބޭނުންވާކަން އެ މުއައްސަސާގެ އިސްވެރިން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތައުލީމީ މަރުކަޒުގެ އިސްވެރިން އެދިވަޑައިގެންނެވި ކަންކަމުގައި މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް