މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، ޔުނައިޓެޑް ޢަރަބި އެމިރޭޓްސް (ޔޫއޭއީ) އަށް ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި އެވެ.
މި ދަތުރުގައި އެކަމަނާ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ޔޫއޭއީގެ ވެރިރަށް އަބޫދާބީއަށެވެ. މި ދަތުރުފުޅަކީ "ޔޫމެކްސް - ސިމްޓެކްސް 2022" ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި އެގްޒިބިޝަން ބޭއްވުމަށް ހަމަޖެހިފައިވަނި މި މަހުގެ 21 އިން 23 އަށެވެ.
"ޔޫމެކްސް - ސިމްޓެކްސް " ނުވަތަ އަންމޭންޑް ސިސްޓަމް އެގްޒެބިޝަން އަދި ސިމިއުލޭޝަން އެންޑް ޓްރެއިނިންގ އެގްޒެބިޝަން އަކީ، އަބޫދާބީ ނޭޝަނަލް އެގްޒެބިޝަން ކޮމްޕެނީއާއި ތަވާޒުލް އިކޮނޮމިކް ކައުންސިލާއި އެ ޤައުމުގެ މިނިސްޓްރީ އޮފް ޑިފެންސާ ގުޅިގެން އިންތިޒާމްކުރާ ކޮންފަރެންސެކެވެ.
އެ ކަމަނާގެ މި ދަތުރުފުޅަކީ، ޔޫއޭއީގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެފެއަރޒް، ހިޒް އެކްސެލެންސީ މުޙައްމަދު އަޙްމަދު އަލްބަވަރުދީ ގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް