މެމްބަރު އަނދުން ހުސައިންގެ ތާއީދު ފައްޔާޒަށް

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަ ކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއަށްކަން ހާމަ ކުރައްވައިފި އެވެ. އި...

19 Feb 2022 | 09:08

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަ ކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއަށްކަން ހާމަ ކުރައްވައިފި އެވެ.

އިންތިހާބުގައި ފައްޔާޒާއި ވާދަ ކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އެވެ. މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ16 ވަނަ ދުވަހު އެވެ.

އަނދުން ހުސައިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރާއެކު ތަރައްގީ ހޯދަން އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ތާއީދު ކުރައްވާނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ކަމަށެވެ. އޭނާ ވިދާޅުވީ މަސައްކަތް ކުރައްވާނީ ރައްޔިތުން އިންތިހާބު ކުރި ސަރުކާރާއި އެކު ކަމަށެވެ.

ވިދާޅުވީ ފައްޔާޒަށް ތާއީދު ކުރައްވަނީ އޭނާގެ ދާއިރާގެ ރައްޔިތުންނަށް ގޯތި ހޯދުމާއި، ފްލެޓާއި، ވިޔަފާރި ލޯނާއި ބޭނުންވާ ތަރައްގީއާއި ކުރިއެރުން ސަރުކާރާއެކު ހޯދަން ކަމަށެވެ.

https://twitter.com/AndhunHussain/status/1494865138939482112

ވާދަވެރިކަން ބޮޑުވާނެ އެމްޑިޕޫގެ ޗެއާޕާސަންގެ އިންތިހާބު ވާދަ ކުރައްވާ ދެ ބޭފުޅުންތެރެއިން ފައްޔާޒަކީ ރައީސް ސޯލިހުގެ ތާއީދާއި އެކު ނިކުންނަވާ ބޭފުޅެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. އަދި އިންތިއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަުދ ނަޝީދުގެ ތާއީދާއި އެކު ނިކުންނަވާ ބޭފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް