ހިތް ނުފަޅާ ހިތުގެ މައިލޭނާރު ބަދަލުކޮށްލާ އޮޕަރޭޝަނެއްކޮށް، އޭޑީކޭ ހޮސްޕިޓަލް ތާރީހުގެ ތެރެއަށް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިތް ފަޅާނުލާ ހިތުގެ މައިލޭނާރު ބަދަލުކޮށްލާ  ސާރޖަރީއެއް އޭޑީކޭގައި ކާމިޔާބުކަމާއެކު ކޮށްފިއެވެ. އޭޑީކޭއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ހިތުގެ ވޭލުތައް ބަދަލުކުރުމަށްޓަ...

19 Feb 2022 | 07:35

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިތް ފަޅާނުލާ ހިތުގެ މައިލޭނާރު ބަދަލުކޮށްލާ  ސާރޖަރީއެއް އޭޑީކޭގައި ކާމިޔާބުކަމާއެކު ކޮށްފިއެވެ.

އޭޑީކޭއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ހިތުގެ ވޭލުތައް ބަދަލުކުރުމަށްޓަކައި، ހިތް ފަޅާ ނުލައި ކުރާ ސާޖަރީއެއް ކަމަށްވާ ޓްރާންސް-އެއޯޓިކް ވޭލްވް އިމްޕްލާންޓް ސާޖަރީއެއް އޭޑީކޭގައި ކާމިޔާބުކަމާ އެކު ކޮށްފައިވާ ކަމަށެވެ.

އެގޮތުން މި ސާޖަރީ ކޮށްފައިވަނީ 81 އަހަރުގެ ދިވެހި ފިރިހެނެއްގެ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފައި ވެއެވެ. އަދި މިއީ ވަކި ކަންތައްތަކަކަށް ބަލައި، ހޮވާލެވޭ މަދު ބަޔަކަށް ނޫނީ ނުކުރެވޭ ސާޖަރީއެއް ކަމަށް ވެސް އެ ހޮސްޕިޓަލުން ހާމަކުރެއެވެ.

މިއީ އޯޕަން ހާޓް ސާޖަރީއަކާއި ނުލާ، ހިތުގެ ވޭލްވްތައް ބަދަލުކޮށްލާ ޕްރޮސީޖާއެކެވެ.

ރާއްޖޭގެ މިވަގުތު ހިތުގެ ނާޒުކު ބައެއް އޮޕަރޭޝަންތަކާއި ބޮލާއި ސިކުނޑިއާއި ނާރުގެ ބައެއް އޮޕަރޭޝަންތައް ވެސް މިވަގުތު ކުރެވެން ހުރި ހަމައެކަނި ހޮސްޕިޓަލަކީ އޭޑީކޭ ހޮސްޕިޓަލެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް