މާފުށީ ޖަލުގައި މަސައްކަތްކުރާ އޮފިސަރުން ޤަވާއިދުތަކަށް އަހުލުވެރިކުރުވަނީ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ މާފުށީ ޖަލުގައި މަސައްކަތްކުރާ ޕްރިޒަން އޮފިސަރުންނާއި މުވައްޒަފުން ޤާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުމުގެ ސެޝަންތަކެއް އެ ޖަލުގައި ފަށައިފިއެވެ. މި ...

19 Feb 2022 | 06:34

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ މާފުށީ ޖަލުގައި މަސައްކަތްކުރާ ޕްރިޒަން އޮފިސަރުންނާއި މުވައްޒަފުން ޤާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުމުގެ ސެޝަންތަކެއް އެ ޖަލުގައި ފަށައިފިއެވެ.

މި ސެޝަންތަކުގައި މާފުށީ ޖަލުގެ 27 އަންހެން އޮފިސަރުންނާއި 113 ފިރިހެން އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ސެޝަންތަކުގެ ބޭނުމަކީ މާފުށީ ޖަލުގައި މަސައްކަތް ކުރާ ހުރިހާ އޮފިސަރުންނާއި މުވައްޒަފުން ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކޮށް، މަސައްކަތު މާހައުލުގައި އެ މަޢުލޫމާތުގެ ބޭނުން ޢެންމެ ފުރިހަމަ ގޮތެއްގައި ބޭނުންކުރުން ކަމުގައި ކަރެކްޝަނުން ހާމަކުރެއެވެ.

މާފުށީ ޖަލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މި ސެޝަންތަކުގައި ބައިވެރިންނަށް ޤާނޫނާއި ގަވާއިދުތަކާބެހޭ މަޢުލޫމާތު ފޯރުކޮށްދެއްވަނީ އެމްސީއެސްގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސްގެ މުވައްޒަފުންނެވެ.

މީގެ އިތުރުން މިފަދަ އިތުރު ސެޝަންތައް މުސްތަޤްބަލުގައި ވެސް ކުރިއަށްގެންދާނެ ކަމަށް އެމްސީއެސް އިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް