ސިނަމާލޭ ބްރިޖުގައި ދުއްވަމުން ދިޔަ ތެޔޮ ބައުޒަރެއްގައި އަލިފާން ރޯވެއްޖެ

ސިނަމާލޭ ބްރިޖުގައި ދުއްވަމުން ދިޔަ ތެޔޮ ބައުޒަރެއްގައި އަލިފާން ރޯވެއްޖެ އެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ ހާދިސާގެ ރިޕޯޓު ކުރީ މިއަދު ހެނދުނު9:49 ގައި ކަމަށެވެ. ތެޔޮ ބައުޒަރުގައި...

19 Feb 2022 | 05:38

ސިނަމާލޭ ބްރިޖުގައި ދުއްވަމުން ދިޔަ ތެޔޮ ބައުޒަރެއްގައި އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ ހާދިސާގެ ރިޕޯޓު ކުރީ މިއަދު ހެނދުނު9:49 ގައި ކަމަށެވެ.

ތެޔޮ ބައުޒަރުގައި ރޯވި ކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިއު ޓީމުން ދިޔައިރު، ވެހިކަލްގައި އިން ޑްރައިވަރު ވަނީ އަލިފާން ނިއްވާލާފައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ތެޔޮ ބައުޒަރަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނޭނގެ އެވެ.

ސިފައިން ދަނީ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދަން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް