އިންޑިއާގެ ޓީވީ ތަރި ދިޝާ ޕަރްމާ އާއި ފިރިމީހާ އަދި ލަވަކިޔުންތެރިޔާ ރާހުލް ވައިދްޔާ ކައިވެނި ކުރީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.
ވަރަށް ލޯބިން އޫޅޭ މި ދެމަފިރިން އާންމުތަންތަނުން މާގިނައިން ފެެނިފައެއް ނުވެ އެވެ. މިދިޔަ ހަފްތާގައި ދެމީހުން އެކުގައި ވަނީ ރޭގަނޑުގެ ކެއުމަކަށް ގޮސްފަ އެވެ.
ވަރަށް އާދައިގެ ގޮތަކަށް ހެދުން އަޅާލައިގެން ދެމީހުން ކެއުމަށް ދިޔައީތީ ދިޝާއަށް ވަނީ ގިނަ ސުވާލުތަކެއް އަމާޒުވެފައި އެވެ. ދިޝާ ލައިގެން ހުރީ އޮރެންޖު ކުލައިގެ ގަޔަށް ދޫ ބޮޑު ގަމީހެކެވެ. ރާހުލް ހުރީ ކަޅު ކުލައިގެ ޓީޝާޓެއް ލައިގެންނެވެ.
ދިޝާއަށް ލެވުނު ހެދުމާއި އެކު ގިނަ ބަޔަކު ވަނީ އޭނާ އެކަހަލަ ހެދުމެއް ލައިގެން އުޅުނީ ބަނޑުބޮޑުވުމުންތޯ ސުވާލުކޮށްފަ އެވެ. އަދި މިދިޔަ ދެތިން ދުވަހު އެވާހަކައިން ސޯޝަލް މީޑިއާ ފުރަމުން ދިޔަ ނަމަވެސް ދިޝާ މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެ އެވެ.
އެންމެ ފަހުން އިއްޔެ އޭނާގެ އިންސްޓަގްރާމްގައި ބުނެފައިވަނީ ގަޔަށްދޫ ، ބޮޑު ހެދުމެއް ދުވަހަކު ނުލާވަރު ވެއްޖެ ކަމަށެވެ. ދިޝާ ބުނީ އޭނާ ބަނޑުބޮޑުތޯ އަހަން ގުޅާމީހުންނާއި އޭގެ ޖަވާބު ބޭނުންވާ މީހުންނަށް ބުނަން ބޭނުންވަނީ އޭނާ ބަނޑޮބޮޑު ނޫން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް