ނާޒިމް ހައްޔަރުކުރުމާއި ބަންދުގެ އަމުރަށް ހައިކޯޓުން ތާއީދުކޮށްފި

ކުރީގެ ޑިފެންސް މިނިސްޓާ މުހައްމަދު ނާޒިމް ހައްޔަރުކުރުމާއި ބަންދަށް 15 ދުވަހުގެ މުއްދަތެއް އިތުރުކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ. ނާޒިމް ހައްޔަރުކުރުމަށް ކޯޓ...

19 Feb 2015 | 09:48

ކުރީގެ ޑިފެންސް މިނިސްޓާ މުހައްމަދު ނާޒިމް ހައްޔަރުކުރުމާއި ބަންދަށް 15 ދުވަހުގެ މުއްދަތެއް އިތުރުކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.

ނާޒިމް ހައްޔަރުކުރުމަށް ކޯޓުން ފުލުހުންނަށް ދިން އަމުރާއި ބަންދުގައި ބެހެއްޓުމުގެ އަމުރު ބާތިލްކޮށްދިނުމަށް އެދި ނާޒިމްގެ ފަރާތުން ހައި ކޯޓަށްހުށަހެޅި އިސްތިއުނާފުގެ މައްސަލައާއި ގުޅިގެން މިއަދު ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އެ ދެ އަމުރު ވެސް ބާތިލްކުރަންޖެހޭ ތަނެއް ނެތް ކަމަށެވެ.

ހައިކޯޓުން އެކުލަވާލާފައިވާ އާ އުސޫލު ކަމަށްވާ ބަންދުގެ މުއްދަތާއި މެދު ގޮތެއް ނިންމުމުގެ ޝަރީއަތްތައް އާންމުކޮށް ހުޅުވާނުލައި ކުރިޔަށް ގެންދާތީ ނާޒިމްގެ ފަރާތުން ހުށަހެޅި މައްސަލަތައްވެސް ކުރިޔަށް ގެންގޮސްފައިވަނީ ސިއްރުންނެވެ.

ހަތިޔާރުހުރި ކަމުގެ ތުހުމަތުގައި މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ ދަންވަރު ނާޒިމްގެ އެޕާޓްމަންޓަށް ވަދެ ފާސްކޮށްފައިވާ އިރު އެ ތަނުން ފިސްތޯލައަކާއި ތިން ވަޒަނާއި ގޮވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެމައްސަލަ ތަހުގީގުކުރުމަށް ފަހު ޕީޖީ އޮފީހަށް މައްސަލަ ހުށަހެޅުމަށް ފަހު ނާޒިމް ހައްޔަރުކުރީ މިމަހުގެ ނުވަވަނަ ދުވަހުގެ ރޭ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް